ކިހާދޫ ކައުންސިލާއި ކިޑްސް ޖަމިއްޔާ ގުޅިގެން ކުޑަކުދިންގެ ޕާކެއް އަޅަނީ

ބ. ކިހާދޫ ކައުންސިލާއި ކިޑްސް ޖަމިއްޔާ ގުޅިގެން އެރަސުގައި ކުޑަކުދިންގެ ޕާކެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކިހާދޫ ކާށި ގުދަނުގެ އިރުމަތީ ކޮޅުގައި ތަރައްގީ ކުރާ މި ޕާކު ހެދުމުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އިބްރާހިމް ފަޒީލު އެވެ.

ކިހާދޫ ކައުންސިލުން ބުނީ، އެރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަކީ ކައުންސިލްގެ ކުރިއަށް އޮތް ތިން އަހަރުގެ ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި ކިޑްސް ޖަމިއްޔާއިން މި މަސައްކަތަށް ކައުންސިލައް އެބާރުލުން ދިނުމަށް އިސްނެގީތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ޕާކުގެ ވަށާފާރު ރާނައި ވޯކްވޭ ހަދައި ނިންމާލެވޭނެ އެވެ. މި މަސައްކަތަށް ޚަރަދު ކުރާނީ ކިހާދޫ ކައުންސިލުންނެވެ.

ކިހާދޫގައި ކުޑަކުދިންގެ ޕާކެއް އެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރަށުގެ ކުޑަކުދިންނަށް ރައްކާތެރިކަމާއެކު ކުޅެ މަޖާކޮށްލާ އާއިލާ އާއެކު ހިތްގައިމު ވަގުތު ކޮޅެއެއް ހޯދައިދިނުން ކަމަށް އެރަށޫ ކައުންސިލުން ބުނެ އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރުމަށް ހަމަޖެހިފައިވާ މި ޕާކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ކިހާދޫ ކައުންސިލާ ކިޑްސް ޖަމިއްޔާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޑްސްއަކީ 2015 ވަނަ އަހަރުން ފެށިގެން ކިހާދޫގައި ހިންގަމުން އަންނަ ހަރަކާތްތެރި މަދަނީ ޖަމްއިއްޔާއެކެވެ. އެ ޖަމިއްޔައިން އަންނަނީ ކިހާދޫގައި އިޖްތިމާއި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.