މިރިއަންދޫގައި ވެސްޓިންގެ ރިސޯޓެއް ހުޅުވަނީ

މިރިޔަންދޫގައި ތަރައްގީ ކުރާ ރިސޯޓްގެ ކުރެހުމެއް.

ވެސްޓިންގެ ރިސޯޓެއް ބ. އަތޮޅު މިރިއަންދޫގައި 2019 ވަނަ އަހަރު ހުޅުވަން ހަމަޖެހިއްޖެ އެވެ.

ރިސޯޓުގެ އިންޓީރިއާ ޑިޒައިންތައް ކުރަން ހަމަޖެހިފައިވަނީ ރާއްޖެއިން ލިބެން ހުރި ތަކެތިންނެވެ. ނަމަވެސް ރިސޯޓު ފަރުމާ ކުރާނީ ބޭރުން ލަކުޑި ގެނެސްގެން އިޓަލީ ވިލާތުގެ އާކިޓެކްޓް އެކެވެ.

މިރިޔަންދޫގައި ތަރައްގީ ކުރާ ރިސޯޓްގެ ކުރެހުމެއް.

ރިސޯޓުގައި 70 ވިލާ ހުންނާނެއެވެ. އަދި ވެސްޓްއިން ބްރޭންޑްގެ ފިޓްނަސް ސެންޓަރެއް ވެސް ގާއިމު ކުރެވޭނެއެވެ.

މުޅި މަޝްރޫއަށް 45 މިލިއަން ޑޮލަރު (693 މިލިއަން ރުފިޔާ) ހަރަދުވާނެއެވެ.

މިރިޔަންދޫގައި ތަރައްގީ ކުރާ ރިސޯޓްގެ ކުރެހުމެއް.

ވެސްޓްއިން ކުންފުންޏަކީ ލަންކާގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް އޭޝިއާ ކެޕިޓަލް އާއި ޖަޕާނުގެ މޭލް އޯޑަރ ކުންފުނި ބެލޫނާގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

މިރިޔަންދޫގައި ތަރައްގީ ކުރާ ރިސޯޓްގެ ކުރެހުމެއް.

ވެސްޓްއިން ބްރޭންޑް، މެރިއޮޓް ކުންފުންޏަށް ލިބުނީ ސްޓާވުޑް ހޮޓެލްސް އެންޑް ރިސޯޓްސް އާ މާޖް ކޮށްލައިގެންނެވެ.

މިރިޔަންދޫގައި ތަރައްގީ ކުރާ ރިސޯޓްގެ ކުރެހުމެއް.

މެރިއޮޓުން މިހާރު ވެސް ތިން ރިސޯޓެއް ރާއްޖޭގައި ހިންގައެވެ. އެއީ ވޮއްމުއްޔާއި ފުލް މޫން އާއި ޑަބްލިޔު މޯލްޑިވްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.