
ގިނަ އިނާމުތަކަކާއެކު މީޑިއާނެޓުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.
މިއަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތަކުން އިނާމު ހުށަހަޅާފައި ވެއެވެ. މި ޕްރޮމޯޝަންގައި އެޗް ޑި ޗެނެލްތަކާ އެކު އެއްމަސް ދުވަހަށް ހިލޭ ލިބޭ ހަ ސަތޭކަ ރުފިޔާގެ ޕެކޭޖުގެ ނަސީބުވެރިޔާ އެ ޕެކޭޖު އަޕްގްރޭޑް ކުރާ ކޮންމެ ފަހަރަކު ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ އެެވެ.
އަދި މި ޕްރޮމޯޝަންގައި މީޑިއާ ނެޓުން އެންމެ ފަހުން ތަޢާރަފު ކުރި ‘ އައިޕީއޯ 95 ‘ ޑީކޯޑަރ ވިއްކަމުން އަންނަނީ 2،499ރ. އަށެވެ. މި ޑީކޯޑަރ ކުރިން ވިއްކީ 3،200ރ. އަށެވެ.
މުޅި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ލިބެނީ އެސްޓީއޯ އިން ހުށަހަޅާފައިވާ ޕިލިޕްސް ޑިވީޑީ ޕްލޭޔަރަކާއި އެއަރފްރެއާ އެއްގެ އިތުރުން ބްލެންޑަރެކެވެ. އަދި މީގެ އިތުރުން ހިޓާޗީ އިންވާޓާ އެއަރ ކަންޑިޝަނަކާއި ހިޓާޗީ ބިއުޓީ ޓޫލެއްވެސް އެއްވަނައަށްދާ ފަރާތަކަށް ލިބެއެވެ. ހެބިޓެޑުން ހުށަހަޅާފައިވާ ދެވަނަ އިނާމަކީ ރަގެކެވެ. ތިންވަނަ އިނާމަކަށް ލިބެނީ ރީފްސައިޑުން ހުށަހަޅާފައިވާ ސޮނީ އެކްސްޕީރިއާ ޓެބްލެޓް އެސް އަކާއި ސޮނީ އެކްސްޕީރިއާ ވީ އެކެވެ. އަދި ހަތަރުވަނަ އިނާމަކީ ލިންޓެލް އިން ހުށަހަޅާފައިވާ ޕެނަސޮނިކް 42 އިންޗީގެ އެލްއީޑީ ޓީވީ އެކެވެ.
މީގެ އިތުރުންވެސް ގިނަ އިނާމުތަކެއް ލިބޭ އިރު، މީޑިއާނެޓުން ބުނީ މިއަހަރުގެ ރޯދަމަހާ ދިމާކޮށް ސަޢޫދީ ޤުރުއާން ޗެނަލެއްގެ އިތުރުން ބައެއް އެހެން ޗެނަލްތައްވެސް ދޫކުރަން ނިންމާފައިވާ ކަމަށެވެ.