ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތް ކުރެވޭނެ: ބީއެމްއެލް

ގިނަ ބޭނުންތައް ކުރެވޭގޮތަށް ރާއްޖޭގައި މިއަދު އަލަށް ތައާރަފްކުރި ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ.

ބައިނަލްއަޤުވާމީ ދަތުރުތަކުގެ އިތުރުން އެތެރޭގެ އުދުންތަކުގައިވެސް ބޭނުންކުރެވޭނެ ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމަށާއި އޭޓީއެމް ތަކުން ފައިސާ ނެގުމަށް ވެސް ބޭނުންކުރެވޭނެ އެވެ.

ކާޑު ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ އިމިގްރޭޝަން އާއި ގުޅިގެން ރައްކާތެރި އަދި ޒަމާނީ މި އައު ޕާސްޕޯޓްކާޑު ތައްޔާރުކުރުމުގައި ބައިވެރިވެވުނު ކަމީ ބޭންކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ރާއްޖޭން ބޭރުގައި އައިޑީކާޑެއްގެ އިތުރުން ފައިސާ ދެއްކުމަށާއި ފައިސާ ނެގުމަށް ދިވެހިންނަށް މި ކާޑު ބޭނުންކުރެވޭނެކަމަށެވެ.

މީގެ އިތުރުންވެސް އެލައިޑް އިންޝްއަރެންސާ ގުޅިގެން އިމިގްރޭޝަނުން ތައާރަފްކުރި ޕާސްޕޯޓް ކާޑް މެދުވެރިކޮށް ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމާއި އޭޓީއެމް ތަކުން ފައިސާ ނެގުމާއި ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރުން އަދި އޮންލައިން ވިޔަފާރި އަދި އިންޝްއަރެންސްގެ ހިދުމަތްތަކުގައި ވެސް މި ކާޑް ބޭނުން ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.