ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހާއްސަކޮށްގެން މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ޝަމީމު ބިން އިބްރާހިމުގެ ހާއްސަ ދީނީ ދަރުސެއް މިރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނާނެ އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެ އެ ސްކޫލުގެ ހޯލުގައި ބާއްވާ މި ދަރުސް ފެށޭނީ މިރޭ 8:30 ގަ އެވެ.
“ދަރިވަރުންނާއި މައިން ބަފައިންގެ ހައްގުތައް” މި މައުލޫއަށް ޝެއިޚް އާދަމް ޝަމީމު ދެއްވާ ދަރުސް ހާއްސަކޮށްފައި ވަނީ އެ ސްކޫލުގެ ގްރޭޑް 6 އިން ފެށިގެން 9 އާ ދެމެދު ކްލާސްތަކުގެ ދަރިވަރުންނާ ބެލެނިވެރިންނަށެވެ.
ޕީޓީއޭ އިން ބުނި ގޮތުގައި މިއީ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ބާއްވާ ދީނީ ދަރުސެކެވެ. މިދިޔަ އަހަރު ވެސް ޕީޓީއޭ އިން ދީނީ ދަރުސް ބާއްވާފައިވެ އެވެ.