ދަރިވަރުންނާއި ބެލެނިވެރިންނަށް ހާއްސަކޮށްގެން، މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ޝަމީމު ބިން އިބްރާހިމުގެ ދީނީ ދަރުސެއް މިރޭ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވަން ނިންމުމަށްފަހު، ކުއްލި ގޮތަކަށް ކެންސަލް ކޮށްފި އެވެ.
ތައުލީމީ މަރުކަޒުގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން މިރޭ 8:30ގައި ބާއްވާގޮތަށް އޮތް ދީނީ ދަރުސް ކެންސަލްކުރީ ކީއްވެ ކަމެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ.
އެ ދަރުސް ކެންސަލްކުރީ ދަރުސް އޮންނާނެ ކަމަށް އިއުލާން ކުރުމަށް ފަހު، ތައްޔާރީތައް ވެސް ވަމުންދަނިކޮށެވެ.
“ދަރިވަރުންނާއި މައިން ބަފައިންގެ ހައްގުތައް” މި މައުލޫއަށް ޝެއިޚް އާދަމް ޝަމީމު ދެއްވާ ދަރުސް ހާއްސަކޮށްފައި ވަނީ އެ ސްކޫލުގެ ގްރޭޑް 6 އިން ފެށިގެން 9 އާ ދެމެދު ކްލާސްތަކުގެ ދަރިވަރުންނާ ބެލެނިވެރިންނަށެވެ.
ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ދީނީ ދަރުސް ބާއްވަ އެވެ.
ނަސީބެއް ތިވެސް…..އަންދަލުސް……………..