ބ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދު ވިދާޅުވީ ދަތުގެ ފަރުވާ ފެށުމަށް ބޭނުންވާ އިކްއިޕްމަންޓް އިއްޔެ އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި ނަމަވެސް ހިދުމަތް ދޭން ފެށޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.
“މިކަމުގެ އިތުރު ތަފްސީލް އަދި ނުލިބޭ، ސާމާނުތައް މިހާރު ގެނެސްފައި ވަނީ،” އޭނާ ވިދާޅުވި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި ޚިދުމަތް ފެށުމާއެކު ސްޕެސަލިސްޓް ޑޮކްޓަރަކާއެކު ދާއިމީ ގޮތެއްގައި ދަތުގެ ފަރުވާ އެ ހޮސްޕިޓަލުން ލިބޭނެ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގައި ސްޕެސަލިސްޓުންގެ ގޮތުގައި މިވަގުތު އޮޕަރޭޝަން ޑޮކްޓަރަކާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ހޭނައްތާ ޑޮކްޓަރެެއްވެސް ދަަނީ މަސައްކަތް ކުރައްވަމުންނެވެ.