ވިލާ ކޮލެޖާއި ރޯޔަލް ރިސޯޓް ގުޅިގެން ހިލޭ ކިޔަވައިދެނީ

ރޯޔަލް އައިލެންޑް ރިސޯޓުން ހިންގާ އެޕްރެންޓެންޝިޕް ޕްރޮގްރާމުގެ އިސްތިހާރެއް

ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ވިލާ ކޮލެޖާއި ރޯޔަލް އައިލެންޑް ރިސޯޓް ގުޅިގެން ހިލޭ ކޯހެއް ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނީ އެ ރިސޯޓުން ހިންގާ އެޕްރެންޓެންޝިޕް ޕްރޮގްރާމުގެ ދަށުން، ސެޓްފިކެޓް 3 އިން ހޮސްޕިޓާލިޓީ ކޯސް ހިލޭ ހެދޭނެ ކަމަށެވެ.

ރޯޔަލް ރިސޯޓުން އިންޓާންޝިޕް ހިންގަނީ އޯލެވެލް އަދި އޭލެވެލް ފުރިހަމަކޮށްފައިވާ އުމުރުން 18 އަހަރާއި 22 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެންނެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނި ގޮތުގައި މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދޭން އޭދަފުށީގެ އިތުރުން ޅ. ނައިފަރާއި ހިންނަވަރާއި އަދި ކުޅުދުއްފުށީގައި އޯޕަން ޑޭއެއް ބާއްވާނެ އެވެ. އަދި ކޯހަށް ހޮވޭ ދަރިވަރުން އަންނަ ނޮވެމްބަރުމަހު އެ ރިސޯޓަށް ގެންގޮސް ޕްރެކްޓިކަލް އަދި އެކަޓެމިކް ލެކްޗާސް ދަރިވަރުންނަން ދެވޭނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނި ގޮތުގައި މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ފުޑް އެންޑް ބެވަރެޖް، ހައުސްކީޕިން، ފްރޮންޓް އޮފީސްގެ ދާއިރާއިން ތަމްރީނު ދޭނެ އެވެ. އަދި މި ޕްރޮގްރާމު ފުރިހަމަކުރާ ބައިވެރިންނަށް ވިލާ ކޮލެޖުން ހޮސްޕިޓާލިޓީ އޮން އޮޕަރޭޝަންގެ ލެވެލް 3 ގެ ސެޓްފިކެޓަކާއި ރޯޔަލް އައިލެންޑް ރިސޯޓުން ހާއްސަ ސެޓްފިކެޓެއް ދޭނެ އެވެ. މިއީ ޓޫރިޒަމްގެ ދާއިރާ އިން ކުރިއަށް ދިއުމުގެ އިތުރު ބާރެއް ކަމަށް އެ ރިސޯޓުން ބުންޏެވެ.

މިދިޔަ އަހަރު ވެސް ރޯޔަލް އިންް ހިންގި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވެ ދަރިވަރުން ކޯސް ފުރިހަމަކުރި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.