އަތޮޅު ޗެލެންޖު ނޮވެމްބަރު މަހު، ބައިވެރިވާން ހުޅުވާލައިފި

ބ. އަތޮޅުގެ ރަށްރަށަށް ހާއްސަ ކޮށްގެން އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓުން ބާއްވާ ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ފަށަން ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ޔޫތު ޑިވެލޮޕްމަންޓަށް ލިޔުމަކުން އެންގުމަށް ދީފައިވާ އެންމެ ފަހުގެ މުއްދަތަކީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން ބައިވެރިވުމުގެ ފީގެ ގޮތުގައި 6000ރ ދައްކަން ޖެހެ އެވެ.

މި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރިވެވޭނީ އެންމެ ޓީމަކަށެވެ.

މިމުބާރާތް ފަސްއަހަރު ބޭއްވިއިރު 3 އަހަރުގެ ޗެންޕިއަންކަން ގޮއިދޫ ހޯދާފައިވެއެވެ. އަނެއް ދެއަހަރުގެ ޗެންޕިއަނުންނަކީ، އޭދަފުއްޓާ، ފެހެންދޫއެވެ. މި މުބާރާތުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން ވަނީ އުފެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. ބ.އަތޮޅު

    ވަރަށް ވެސް ފޭކް މުބާރާތެއްތީ ތި މުބާރާތުގަ ބައިވެރި ވާނެ ކަމެތް ނެތް އެތްވެސް ރަށަކުން .ތީ ވަކި ބަޔަކު ލާރި ހޯދަން ކުރާ ކަމެތް

    ރައްދު
  2. ބ.އަތޮޅު

    ވަރަަަށް ވެސް ފޭކް މުބާރާތެތް ބަޔަކު ލާރި ހޯދަން ކުރާކަމެެއްތީ ތިޔަ މުބާރާތުގަ ބައިވެރި ވާނެކަމެއް ނެތް އެތް ވެސް ބަޔަކު

    ރައްދު
  3. ފުޓްބޯޅައަށް ލޯބިކުރާމީހާ

    މުބާރާތް އިޢުލާނުކުރެވެއްޖިއްޔާ ނިމުނީތަ؟ މިދިޔަ އަހަރު ޗެމްޕިއަން އަދި ރަނަރއަޕް ޓީމަށް ދޭންޖެހޭ ފައިސާ ނުދޭ ފުރަތަމަ ދޭންޖެހޭ ފައިސާ ދީބަލަ. މިލޮމެންޓް އީޓީގަ ޖަހަން ކެރޭނެކަމަށް ހީކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.