ލަންކާގެ ކުންފުންޏަށް އޭދަފުށިން ބިން ނުލިބުމުން މާޅޮހުން ބިމެއް ނަގައިފި

ބ. މާޅޮސް އަތިރިމަތީގަިއ ބަޔަކު މަޑުކޮށްލައިގެން

ސްރީލަންކާގެ ނަވަލޯކާ ކޮންސްޓަރަކްޝަން ގްރޫޕަށް އޭދަފުށީ ކައުންސިލުން ކުއްޔަށްދޭން ނިންމި ބިން ނުލިބުމުން އެންމެ ފަހުން އެ ކުންފުނިން މާޅޮހުން ބިމެއް ކުއްޔަށް ހިފައިފި އެވެ.

ނަވަލޯކާ ކުންފުނިން މިއަތޮޅު ވައްކަރުގައި ހަދާ ރިސޯޓް ހެދުމަށް ގެންނަ ބައެއް ތަކެތި ރައްކާ ކުރުމަށް ވަގުތީ ގޮތުން ރަށުގެ ހިއްކި ސަރަހައްދުގެ ހުޅަނގު ދެކުނުން 21780 އަކަފޫޓްގެ ބޮޑުބިމެއް ކުއްޔަށްދޭން މިދިޔަ ކައުންސިލުން ނިންމީ މިއަހަރު ކުރީކޮޅު އެވެ.

އޭދަފުށީ ކައުންސިލުން ބުނީ އެބިން ކުއްޔަށް ދިނުމަށް ހައުސިން މިނިސްޓްރީން މިހާތަނާ ހަމައަށް ހުއްދަ ލިބިފައި ނުވާ ކަމަށެވެ.

ނަވަލޯކާއިން 13000 އަކަފޫޓްގެ ބިމެއް މާޅޮހުން ކުއްޔަށް ހިފީ އިއްޔެއިން ފެށިގެން އެއްއަހަރު ދުވަހުގެ މުއްދަތަށެވެ.

މާޅޮހު ކައުންސިލުން ބުނީ ނަވަލޯކާއިން އެ ބިން އެއް އަހަރު ދުވަހު ބޭނުންކުރާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެރަށު ރައްޔިތުންގެ މާލިއްޔާއަށް މަހަކު 13000 ލިބި، ރަށަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.

ނަވަލޯކާއިން އެ ބިން ބޭނުންކުރާނީ އެމީހުންގެ ބައެއް ވެހިކަލްތަކާއި، މެޝިނަރީ ބެހެއްޓުމަށް ކަމަށާ، މިތަކެތި ބޭނުންކޮށްގެން މާޅޮހުގެ ތަރައްޤީގެ މަޝްރޫއުތަކަށްވެސް ބޮޑެތި ހިލޭ އެހީތަކެއް ލިބިގެންދާނެ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.

މާޅޮހު ކައުންސިލުން ބުނިގޮތުގައި ނަވަލޯކާ ކުންފުނީގެ މެޝިނަރީތަކާއި، ވެހިކަލްތައް މިއަދު އެރަށަށް ގެންނާނެކަމަށާއި ކައުންސިލުން އެކުންފުންޏާ ގުޅިގެން މާޅޮހު ރައްޔިތުންގެ ލާބަޔާ މަންފާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ޒަރީ

    ހިތައް އަރަނީ ކައުންސިލް ތަށް ހޮވުމުގެ ބޭނުމަކީ ކޮބާހޭ ، ކުރިން ތިބިގޮތަށް ރކއ ކޮމެޓީ އޮތަސް އެންމެ ރަގަޅުނޫންތޯއޭ ، ރަށަކުން ބިމެއްދޫކުރަން ޖެހުނަސް ހައުސިން މިނިސްޓަރަށް އާދޭސްކޮށްގެން ، މިއީ މީގެ 30 އަހަރު ކުރީގެވެސް ހާލަތު

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.