ބ. ދަރަވަންދޫގައި މިދިޔަ މަހު ހުޅުވި “އުސްރަތުލް ޤްރުއާން” ކުލާހުން ޤިރާއަތު ސެޓްފިކެޓު ލެވަލް 1″ ގެ ޤާރީ ކޯހެއް އަންނަ ނޮވެންބަރ މަހު ފެށަށް ތައްޔާރުވެއްޖެ އެވެ.
އެ ކުލާހުން ބުނީ މިކޯހަކީ އިންސްޓިޓިއުޓު އޮފް ޤްރުއާން ސްޓަޑީޒް އާއި އެ ކުލާހާއި ގުޅިގެން އެއްމަސް ދުވަހުގެ މުއްދަތަށް ހިންގާ ކޯހެއް ކަމަށެވެ. މިކޯހުގައި ކިޔަވައި ދެއްވާނީ މާލޭން ވަޑައިގަންނާ މި އިލްމުގެ ފުންނާުބު އުސް ބޭފުޅުންނެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގްބޫލު ކުރާ މިކޯހުގައި ބައިވެރި ވެވޭނީ ބަލައިގެން ޤުރުއާން ކިޔަވަން އެނގުމާޢި އެކު ގްރޭޑް 7 ނިންމާފައި ވުން ނުވަތަ އުމުރަން 18 އަހަރު ފުރިފައިވާ މީހުންނަށެވެ.
މި ކޯހުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން 31 އޮކްޓޯބަރ 2017 ވާ އަންގާރު ދުވަހުގެ 22:00 ގެ ކުރިން އެ ކުލާހުގައި ނަންނޯޓު ކުރެއްވުމަށް އުސްރަތުލް ޤްރުއާން ކްލާހުން އެދެއެވެ.
އިތުރު މަޢްލޫމަތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން 9588128 ގުޅުމުންން ސާފުކުރެވޭނެ ކަމަށްވެސް އެ ކްލާހުން ބުނެއެވެ.