ބ. އަތޮޅު އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކިހާ މޯލްޑިވްސް އަތުން 3-1 އިން މޮޅުވެ ޑުސިޓް ތާނީ މޯލްޑިވްސްގެ ފެށުން ރަނގަޅުކޮށްފި އެވެ.
މިއަދުގެ މެޗުގެ ހަތަރު ވަނަ މިނެޓުގައި ޑުސިޓު ޓީމަށް ކުޅޭ އޭދަފުށީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އިޝާން އިބްރާހީމް (ސައްޓު) ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. ކިހާ މޯލްޑިވްސް އަށް އެއްވަރުކޮށްދިނީ 15 ވަނަ މިނެޓުގައި އަލީ ޒުބައިރު އެވެ.
ދެވަނަ ހާފު ފެށިތަނާ ޑުސިޓަށް ދެވަނަ ފަހަރަށް ވެސް ލީޑު ނަގައިދިނީ ސައްޓު ކާމިޔާބުކޮށްދިން ގޯލުންނެވެ. އަދި ލީޑު ފުޅާކޮށްދިނީ 72 ވަނަ މިނެޓުގައި އާދަމް ޚަލީލު އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ސައްޓު އެވެ.
މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އޭގެ މެޗެކެވެ. ބައްދަލުކުރާނީ ކިހަވައް ސްޓްރައިކާސް އާއި ފޯސީޒަން މޯލްޑިވްސް އެވެ. ކިހަވައް ސްޓްރައިކާސް ފުރަތަމަ މެޗުން އެއްވަރުވި އިރު، ފޯސީޒަން ވަނީ ފުރަތަމަ މެޗުން ބަލިވެފަ އެވެ. މާދަމާގެ މެޗު ފަށާނީ ހަވީރު 15:50ގަ އެވެ.