ދަ ބިގިނާސް އިން ރަށުތެރެ ސާފުކޮށްފި

ޓީބީ އިން ރަށުތެރެ ސާފުކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން -- ފޮޓޯ / ޓީބީ
ޓީބީ އިން ރަށުތެރެ ސާފުކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން — ފޮޓޯ / ޓީބީ

 

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ކްލަބް ދަ ބިގިނާސް އިން ރަށުތެރެ ސާފުކޮށްފި އެވެ.

“€œއަހަރެމެންނަށް ވާނެ – އަހަރެމެން ކުރާނަމެވެ” މި ޝިއާރުގެ ދަށުން ޓީބީ އިން އިސްނަގައިގެން ހުކުރުދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސާފުކޮށްފައި ވަނީ އޭދަފުށީ ވަށައިގެންވާ ގޮޑުދޮށް ސަރަހައްދެވެ.

ޓީބީ އިން ބުނީ ރަށުތެރެ ސާފުކުރަން އެ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ ކުނި ނަގައި ނައްތާލެވިފައިވާ ކަމަށެވެ.

“€œމި ހަރަކާތް ކުރިއަށް މި ގެންދިޔައީ ތިމާވެށިގެ ދުވަހާވެސް ގުޅުވައިގެން ކުރިއަށް އޮތް ރޯދަމަސް ކަމަށްވުމުން ރަށުގެ ގޮޑުދޮށް ސާފުކޮށް ބޭއްވުމުގެ ގޮތުން. މި ހަރަކާތުގައި ދެގަޑިއިރެއްހާ އިރު ތެރޭގައި 100 ވަރަކަށް ޑަސްބިންބޭގް (ކަޅު ކޮތަޅު) ކުނި ނަގާފައިވޭ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި، ދަޅު، ދަގަނޑާއި ނެޕީ ފަދަ ތަކެތި ހިމެނޭ” ޓީބީ އިން ވާހަކަދެއްކި އޮފިޝަލު ވިދާޅުވި އެވެ.

ޓީބީ އިން ބުނީ މި ހަރަކާތް ކުރިއަށް ގެންދިޔައިރު، އެ ޖަމިއްޔާގެ މެންބަރުންގެ އިތުރުން އޭދަފުށީ ކައުންސިލާއި، އޭދަފުށީ ޕޮލިސް ސްޓޭޝަން، އަތޮޅުހޮސްޕިޓަލް އަދި ފެމެލީ ސެންޓަރުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.