ޒުވާން ކުޅުންތެރިޔާ ހައިޝަމް ވެސް ގައުމީ ޓީމުގައި

ހައިޝަމް

“ޓުވާޑްސް ފިއުޗާ” ގެ ނަމުގައި އެފްއޭއެމުން އައްޑޫގައި ފެށި ޕްރޮގްރާމުގެ ދަށުން އައްޑޫ ސިޓީން އެކުލަވާލި ސިލެކްޝަން ޓީމާއެކު ކުޅޭ ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުގައި އޭދަފުށީގެ އުއްމީދީ ކުޅުންތެރިޔާ ހައިޝަމް ހަސަން ހިމެނިއްޖެ އެވެ.

ޒުވާން ގައުމީ ޓީމާއެކު ހައިޝަމް މިއަދު ހެނދުނު ވަނީ އައްޑޫ ސިޓީއަށް ފުރާފައެވެ. ހައިޝަމް މިމަހުގެ ކުރީ ކޮޅުން ފެށިގެން ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގައި އަންނަނީ ބައިވެރިވަމުންނެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ހައިޝަމް އެންމެ ބޮޑަށް ފާހަގަ ކުރެވުނީ މިއަހަރު އޮތް ބ. އަތޮޅު ޔުނިޓީ ފުޓްސަލް ޗެލެންޖްގެ އޭނާ ދެއްކި މޮޅު ކުޅުމާ އެކުއެވެ. އެ މުބާރާތުގައި އޭނާ ކުޅުނު އިރުމަތީ ލަވާސް ޓީމު ފައިނަލަށް ގެންދިއުމުގައި ޓީމްގެ ކެޕްޓަންގެ ގޮތުގައި އިސްދައުރެއް އަދާކޮށްފައިވެ އެވެ.

މީގެ އިތުރުން މިއަހަރު ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގައި ހައިޝަމް ވަނީ އޭދަފުށީ ޓީމުގައި ހިމެނިފަ އެވެ.

ހައިޝަމު ގައުމީ ޓީމަށް ނަގާފައި މިވަނމިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި އޭނާ ދެއްކި ޕާފޯމެންސާމެދު ވަރަށް ހިތްހަމަޖެހޭކަން ފާޅުކޮށް، ހައިޝަމް މިފެންވަރުގައި ކުޅޭނަމަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ޤައުމީ ޓީމުގައި ވިދާލާނެކަމަށް އޭދަފުށީ ޓީމުގެ ކޯޗު މުހައްމަދު ޒާހިދު ބައްޓޭ ވެސް ބުނެފައިވަނި ކޮށެވެ.

ހައިޝަމުގެ އިތުރުން އޭދަފުއްޓަށް އުފަން މުހައްމަދު ނިޝާމް އާއި އަލީ އަޖުފާނު އަމުޖަދު ވެސް 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނެއެވެ.

ގައުމީ 19 އަހަރުން ދަށުގެ ފުޓްބޯޅަ ސްކޮޑަށް ހުނަރުވެރި ކުޅުންތެރިން ހޯދުމަށް އެފްއޭއެމުން ފަށާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީން ކުޅުންތެރިން ސްކައުޓް ކުރުމުގެ މަސައްކަތް 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުން ފެށީ މިމަހުގެ 8 ވަނަ ދުވަހު އެވެ.
އައްޑޫ ސިޓީގައި ކުރިއަށްގެންދާ ސިލެކްޝަނަކީ ފެށުން ކަމަށާއި އަތޮޅުތަކުން ޒުވާން ހުނަރުވެރި ކުޅުންތެރިން ހޯދުމުގެ ސިލްސިލާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.