އޮސްޓްރޭލިއާ ބަޔަކު ގޮއިދޫ ސްކޫލަށް ކާޕެޓް ހަދިޔާކޮށްފި

ގޮއިދޫ ސްކޫލަށް ކާޕެޓް ހަދިޔާކުރި ކުންފުނިގެ ޓީމާއެކު އެ ސްކޫލުގެ ދަރިވަރުން ފޮޓޯއަކަށް ހުއްޓިގެން

އިލެކްޓިކަލް ވިޔަފާރީގައި ދުނިގޭގައި މަޝްހޫރު އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ ޕްލެޓިއަމް އިލެކްޓްރިސިއަން އިން ބ. ގޮއިދޫ ސްކޫލު ހޯލުގެ ސްޓޭޖަށް ކާޕެޓް ހަދިޔާ ކޮށްފިއެވެ.

އިއްޔެ މެންދުރެއްހާއިރު އެރަށުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ކާޕެޓް ސްކޫލަށް ހަދިޔާކޮށްދެއްވީ އެ މިވަގުތު ރާއްޖެ އައިސް އުޅޭ އެ ކުންފުނީގެ ޓީމަކުންނެވެ.

ައޮސްޓްރޭލިއާގެ ކުންފުނިން ހަދިޔާކުރި ކާޕެޓް އެޅުމުގެ މަސައްކަތް ކުރަނީ

އެ ރަސްމިއްޔާތަށް އެ އެ ޓީމު ގޮއިދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމު ވިދާޅުވީ މިއީ ޕްލެޓިއަމް އިލެކްޓްރިސިއަން ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން އެ ސްކޫލުގެ ޕީޓީއޭ މެދުވެރިކޮށް ލިބުނު އެހީއެއް ކަމަށެވެ.

“އެ ކުންފުނީގެ ޓީމު މިވަގުތު ޗުއްޓީ ހޭދަކޮށްލަން އައިސް ތިބީ މިއަތޮޅު ފޮނޮޅު ރިސޯޓްގައި. އެމީހުން އެދުނީ އެމީހުގެ ޕާޓީއަކަށް ކަށިކެޔޮ ފަތުން ކުދި ދޯނިތަކެއް ހެދުމަށް. ޕީޓިއޭ މެންބަރުންގެ އެ އެއްޗެހި ހެދީ. ދެން މިވަގުތަށް ސްކޫލަށް އެންމެ ބޮޑަށް ބޭނުންނީ ކާޕެޓް ކަމަށްވާތީ އޭގެ ބަދަލުގައި އެ މީހުންގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން ވެދިން އެހީއެއް މިއީ،”

މިމަހު ކުރީކޮޅު ބޭރުގެ ފައުންޑޭޝަނެއް ކަމަށްވާ އޯއެމްޖީ ފައުންޑޭޝަނުން އެ ސްކޫލަށް ލައިބްރަރީ ފޮތާއި ފާހާނާ ހެދުމުގެ ޕްރޮޖެކްޓަށް އެއްހާސް ޑޮލަރު ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.