އަނަންތަރާ ކުޅުނު ދެވަނަ މެޗުން ވެސް އެއްވަރު

އަނަންތަރާ އާއި ފޯސީޒަން ބައްދަލުކުރި މެޗުގެ ތެރެއިން

ބ. އަތޮޅު އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އަނަންތަރާ ކިހަވައް ސްޓައިކާސް އާއި ފޯސީޒަން މޯލްޑިވްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.

މިމެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެ ޓީމުން ވެސް ހޯދި ނަމަވެސް އެއިން ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވި އެވެ. މިއަދުގެ މެޗުގައި ދެ ޓީމުން ވެސް ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލި އެވެ. ނަމަވެސް އެއްވެސް ޓީމަކަށް ލީޑު ނެގޭ ގޮތެއް ނުވި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަނަންތަރާގެ މުހައްމަދު ނައީމު އެވެ.

އަނަންތަރާ އާއި ފޯސީޒަން ބައްދަލުކުރި މެޗުގެ ތެރެއިން

މި ނަތީޖާއާ އެކު އަދިވެސް ގްރޫޕް އޭ ގައި ތިން ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ސޮނެވާފުއްޓެވެ. ދެ ޕޮައިންޓާއެކް ކަހަވައް ސްޓްރައިކާސް ދެވަނައިގަިއ އޮތް އިރު، އެއް ޕޮއިންޓާއެކު އެއް ތިން ވަނައިގައި އޮތީ ފޯސީޒަން އާއި މިލައިދޫ އެވެ.

ގްރޫޕް ބީ ގައި 3 ޕޮއިންޓާއެކު އެއްވަނާގައި އޮތީ ޑުސިޓް އެވެ.

މުބާރާތުގައި މާދަމާ ވެސް ކުޅޭނީ ގްރޫޕް އޭގެ މެޗެކެވެ. ބައްދަލުކުރާނީ މިލައިދޫ އައިލެންޑް އާއި ސޮނެވާފުއްޓެވެ. ސޮނެވާފުށި ފުރަތަމަ މެޗުން މޮޅުވިއިރު އިރު، މިލައިދޫ ވަނީ ފުރަތަމަ މެޗުން އެއްވަރުވެފަ އެވެ. މާދަމާގެ މެޗު ފަށާނީ ހަވީރު 15:50ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.