އދ.ގެ ޖަމާއަތެއް ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން ރާއްޖޭގައި ހިންގާ ޕްރޮގްރާމްގައި ބ. އަތޮޅު ސޮނެވާފުށި ރިސޯޓުން ބައިވެރިވެއްޖެއެވެ.
ޔޫއެންޑީޕީން އަންނަނީ ދެމެހެއްޓެނިވި ތަރައްގީގެ އެތައް މަޝްރޫއުތަކެއް ރާއްޖޭގައި ހިންގަމުންނެވެ.
އެ ގޮތުން، “ސަސްޓޭނަބްލް ޑެވެލޮޕްމަންޓް ގޯލްސް (އެސްޑީޖީއެސް)ގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މައުލޫމާތު ފެތުރުމާއި ތިމާވެށި ހިމާޔަތް ކުރުމާއި އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ބޯފެނުގެ ރައްކާތެރިކަމާއި ކުނި ނައްތާލުމާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ މަޝްރޫއުތައް ވެސް ހިމެނެއެވެ.
“މޭކް މައި އައިލެންޑް”ގެ ނަމުގައި ޔޫއެންޑީޕީން ހިންގާ ޕްރޮގްރާމަކީ ރާއްޖެއާ ގުޅޭ ގޮތަށް ފަރުމާކޮށް ބައްޓަން ކޮށްފައިވާ ދެމެހެއްޓެނިވި ހައްލުތަކެވެ.