ކެންދޫ ފަޅުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަނދައިފި

ކެންދޫ ފަޅުތެރޭގައި އޮތް ބޯޓުގައި ރޯވެ އަނދަނީ. – ފޮޓޯ: ފޭސްބުކް

ތެޔޮ ހިފައިގެން ބ. ކެންދޫއަށް ދިޔަ ބޯޓެއް އެ ރަށު ފަޅުތެރޭގައި އޮއްވައި މިއަދު ރޯވެ އަނދައިފި އެވެ.

ކެންދޫ ކައުންސިލް މެމްބަރު އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ ތެރޮ ބޯޓުގައި ޕަމްޕެއް ބޭނުންކޮށްގެން ޕެޓްރޯލް އަޅަނިކޮށެވެ.

“މައުލޫމާތު ލިބިފައިވާ ގޮތުގައި ޕަމްޕު ކުއްލިއަކަށް ބޯޓު ތެރެއަށް ވެއްޓި، މުޅި ބޯޓު ތެރެއަށް ޕެޓްރޯލް ފޭބި، ބެލެވޭ ގޮތުގައި ބޯޓުގައި ރޯވީ، ސައިލެންސަރުގައި ހުޅު ހިފައިގެން،

އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވީ އެ ބޯޓަކީ އެރަށު “ނައީމް ފިހާރަ” އަށް ޕެޓްރޯލާއި ޑީސަލް ހިފައިގެން ދިޔަ ބޯޓެކެވެ.

ބޯޓުގައި ރޯވުމުން ނުރައްކާތެރި އިތުރު ހާދިސާއެއް ހިނގުމުގެ ކުރިން ވަލެއް ޖަހައިގެން ބޯޓު ފަޅު ތެރެއިން މިހާރު ނެރެފަިއވާ ކަމަށް އޭނަ ވިދާޅުި އެވެ.

މިއަދު 9:30 ހާއިރު ހިނގި މި ހާދިސާގައި، ބޯޓުގައި މަސައްކަތް ކުރާ ބިދޭސީއަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ. އޭނާ އަށް މިހާރު އަންނަނީ ކެންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ.

ތެޔޮ ބޯޓުގައި ރޯވުމުގެ ސަބަބުން އެރަށު ގިނަ ބަޔަކު ނިކުމެ ވަނީ ފަޅުތެރޭ ހުރި އެހެން އުޅަނދުތައް ފަޅުން ބޭރަށް ނެރެ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.