ކެބިން ކުރޫ ކޯހަކަށް އޭދަފުށީގައި ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަންގެ ކެބިން ކުރޫން ތަކެއް

ކެބިން ކްރޫ ނުވަތަ ފްލައިޓް އެޓެންޑެންޓަކަށް ވާން ބޭނުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ މިއޮތީ އެކަމަށް އޮތް ވަރަށް ފަހި ފުރުޞަތެކެވެ. ކެބިން ކުރޫން ތަމްރީން ކުރުމަށް ދިވެހި ކެބިން ކްރޫ އެކެޑެމީ (ޑީސީސީއޭ) އާއި ފޭލި ޖަމިއްޔާ ގުޅިގެން އޭދަފުށިގައި ކެބިން ކްރޫ ކޯހަކަށް މިވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ދިވެހި ކެބިން ކްރޫ އެކެޑެމީން ބުނީ އަންނަމަހުގެ 5-14 އަށް އޭދަފުށީގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ކެބިން ކްރޫ އެންޓްރީ ލެވެލް ކޯހެއް ކަމަށާއި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް މިހާރު ނަން ނޯޓް ކުރަން ހުޅުވާލައިފައިވާ ކަމަށެވެ.

ކޯހުގައި ބައިވެރިވާން ބޭނުންފާ ފަރާތްތަކުން 9631111 އަދި 7977087 އަށް ގުޅައިގެން ނަން ނޯޓް ކުރެވޭނެ އެވެ.

ދިހަ ދުވަހުގެ މުއްދަތަށް ހިންގާ ކެބިން ކްރޫ އެންޓްރީ ލެވެލް ކޯހުގައި 6 މޮޑިއުލެއް ނަގައިދޭ އިރު، 50 ގަޑި އިރުގެ ތަމްރީނު ބައިވެރިންނަށް ލިބިގެން ދާނެ އެވެ. މި ކޯހުގެ ފީއަކީ 4800ރ އެވެ.

ޑީސީސީއޭ އިން ވަނީ ދާދި ފަހުން އައްޑޫގައި ވެސް ކެބިން ކްރޫން ތަމްރީނު ކުރުމުގެ ކޯސްތަކެއް ހިންގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Anonymous

    I wonder after completing this course how many girls or boys get chance to be a cabin crew ..?? 100/99 students didn’t the opportunity to work as a cabin crew ‍♀️
    Only providing a course is not enough I guess just Provide them a good opportunity to make there carrier

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.