މިލައިދޫ ކޮޅަށް 6 ލަނޑު ޖަހައި ސޮނޭވާ ސެމީއަށް

މިލައިދޫ އާއި ސޮނެވާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅު އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު މިލައިދޫ އައިލެންޑް މޯލްޑިވްސްގެ މައްޗަށް 6-0 އިން ކުރިހޯދައި ސޮނޭވާފުށީ ރިސޯޓް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސޮނޭވާގެ 6 ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ މުހައްމަދު މައުރޫފު އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ އާދަމް ނިޒާމް (ކިތުނާ) އެވެ.

މިލައިދޫ އާއި ސޮނެވާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

މި މެޗާ އެކު ގްރޫޕް އޭ ގައި އަދި އިތުރު އެއް މެޗު އޮތްއިރު ޓީމު ސޮނެވާ އަށް އެއް ވަނަ ލިބުނީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. އަދި ދެ ޕޮއިންޓް ހޯދައިގެ ދެވަނައިގައި އޮތީ ކިހަވައް ސްޓްރައިކާސް އެވެ. އެންމެ ފުލުގައި އޮތް ފޯސީޒަން އާއި މިލައިދޫ އަށްލިބުނީ އެއް ޕޮއިންޓް އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ގްރޫޕް ބީ ގައި ޑުސިޓްތާނީ މޯލްޑިވްސް ބައްދަލުކުރާނީ ދި ސްމޯލް މޯލްޑިވްސް އައިލެންޑް އާ އެވެ. މެޗު ފަށާނީ ހަވީރު 15:50 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.