ކެންދޫ ކައިރިއަށް އަޑިއަށް ދިޔަ ބޯޓުން ކަނޑަށް ތެޔޮ ލީކްވަނީ

ކެންދޫ ކައިރިއަށް އަޑިއަށް ދިޔަ ބޯޓުން ކަނޑަށް ތެޔޮ ލީކްވަނީ

ބ. ކެންދޫ ފަޅުގައި އޮއްްވައި އިއްޔެގައި އަލިފާން ރޯވުމުން، އެރަށު ފަޅުން ނެރެފައި ވަނިކޮށް އަޑިއަށް ދިޔަ “ގަލްފް” ބޯޓުން ކަނޑަށް ތެޔޮ ލީކްވަމުން އެބަދެ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނީ އެބޯޓު މިހާރު އޮތީ 20 މީޓަރު އަޑީގައި ކަމަށާއި ލީކްވަމުން ދަނީ ޕެޓްރޯލް ކަމަށެވެ. އަދި ބުނީ ބޯޓުން ތެޔޮ ލީކްވުން ހުއްޓުވަން އެމްއެންޑީއެފްގެ ޑައިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“މޫސުން ގޯސްވުމާ އެކު ޑައިވަރުންގެ މަސައްކަތަށް ވަގުތު ނަގަނީ. އަދި އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުން ދަނީ،” އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބުރާހީމް އާޒިމް މިއަދު ވިދާޅުވި އެވެ.

އަލިފާން ރޯވި އިރު އެ ބޯޓުގައި ހުރީ 25000 ލީޓަރުގެ ޕެޓްރޯލާއި 6000 ލީޓަރުގެ ޑީސަލެވެ އޭގެ ތެރެއިން ސަލާމަތް ކުރެވިފައި ވަނީ ރޯވުމުގެ ކުރިން ފީފާތަކަށް އެޅި 1400 ލީޓަރުގެ ޑީސަލް އެކަންޏެވެ. އެހެން ކަމުން ބޯޓް އަޑިއަށް ދިޔައީ، 28.200 ލީޓަރުގެ ތެލާ އެކު އެވެ.

“ޔޫ ފިލް” ނަމަކަށް ކިޔާ ކުންފުންޏަކުން ދުއްވާ އެ ބޯޓުގައި ރޯވީ ތެޔޮ އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ ދެ ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ. އަލިފާނުގައި ބަންގްލަދޭޝްމީހާ ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އޭނާގެ ހަށިގަނޑުުގެ 40 ޕަސެންޓް ފިހިފައިވެ އެވެ. އެއީ އޭނާގެ ދެއަތާއި ދެފައި އަދި ބުރަކައްޓެވެ.

އެންވަޔަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ކެންދޫ ކައިރިއަށް އަޑިއަށް ދިޔަ ބޯޓުން ތެޔޮ ލީކުވުން ހުއްޓުވުމަށް ކަމާ ގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުނުވެ ލަސްވަނީ މޫސުމް ގޯސްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.