ސްމޯލް މޯލްޑިވްސް އާ އެއްވަރުކޮށް ޑުސިޓް ސެމީއަށް

ސްމޯލް މޯލްޑިވްސް އާ ޑުސިޓް ބައްދަލުކުރި މެޗުގެ ތެރެއިން: ފޮޓޯ/ޒުވާނުންގެ ކްލަބް

ދި ސްމޯލް މޯލްޑިވްސް އައިލެންޑް އާއި 1-1އިން އެއްވަރުކޮށް، ޑުސިޓް ތާނީ މޯލްޑިވްސް ބ. އަތޮޅު އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި ނަތީޖާއާއެކު ޑުސިޓުން ގްރޫޕް ސެޓޭޖުގެ މެޗުތައް ނިންމާލިއިރު އެ ޓީމު ސެމީއަށް ދަތުރުކުރީ ދެ މެ މެޗުން ލިބުނު، 5 ޕޮއިންޓާއެކު އެވެ.

މިއަދިގެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ އަމިއްލަފުއްޓާއި ފިނޮޅު ރިސޯޓާ އެކުލަވާލއިގެން މުބާރާތަށް ނުކުން ސްމޯލް އައިލެންޑް މޯލްޑިވްސް އިންނެވެ. އަދި ސްމޯލް އައިލެންޑް މޯލްޑިވްސް އިން ވަނީ ފުރަތަމަ ހާފުގައި ލީޑު ނަގައިފަ އެވެ. މި ގޯލް ޖަހައިދިނީ އެ ޓީމުގެ ސަނީމް ހަލީލު އެވެ.

ސްމޯލް މޯލްޑިވްސް އާ ޑުސިޓް ބައްދަލުކުރި މެޗުގެ ތެރެއިން: ފޮޓޯ/ޒުވާނުންގެ ކްލަބް

އަދުގެ މެޗް ފެށިގެން ފުރަތަމަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދަމުން ދިޔައީ އަމިއްލަފުށީ ޓީމުންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ 36 ވަނަ މިނެޓްގައި އެޓީމަށް ލީޑް ނަގާދިނީ ޖާޒީނަމްބަރ 21 ސަނީމް ހަލީލްއެވެ.

އެކަމަކު ސްމޯލް އައިލެންޑުން ލީޑު ނަގާފައި ވަކިކޮށް ފަހު ހާފުގައި ޑުސިޓުން އެއްވަރު ކުރީ އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ސްމޯލް މޯލްޑިވްސް އާ ޑުސިޓް ބައްދަލުކުރި މެޗުގެ ތެރެއިން: ފޮޓޯ/ޒުވާނުންގެ ކްލަބް

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑުސިޓް އަހްމަދު ލަތީފް (ކުޑަލައްޗޭ) އެވެ.

މިގްރޫޕްގެ އެއްވަނާގައި 4 ޕޮއިންޓާއެކު ޑުސިޓް ސެމީގެ ޖާގަ ކަށަވަރު ކުރިއިރު، ކުރިއަށް އޮތް މެޗްގައި ކިހާދޫ މޯލްޑިވްސް އަތުން ޑްރޯއެއް ހޯދައިގެންވެސް އަމިއްލަފުއްޓަށް ސެމީން ޖާގަ ލިބޭނެ އެވެ. ކިހާދޫއަށް ސެމީން ޖާގަލިބޭނީ އަމިއްލަފުށި ބަލިކޮށްގެންނެވެ.

މިމުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދާފައިވާ ސޮނެވާއާއި، އަނަންތަރާއެވެ. މި މެޗުން އަނަންތަރާ މޮޅުވެއްޖެނަމަ އެޓީމަށް ސެމީގެ ޖާގައެއް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.