ކުޑަކުދިންގެ ޕާކުތައް ޑިސެމްބަރުގެ ނިޔަލަށް ނިންމަން އަންގައިފި

އޭދަފުށީ ދެނުކު ފަރާތުގައި ތަރައްގީކުރާ ޕާކު

އަމިއްލަ ދެ ފަރާތަކުން އޭދަފުށީގައި ހަދަމުންގެންދާ ކުޑަކުދިންގެ ޕާކު ތަކުގެ މަސައްކަތް މިއަހަރު ނިމުނުގެ ކުރިން ނިންމައި ރަށު ކައުންސިލާ އެތަންތަން ހަވާލުކުރުމަށް އަންގައިފި އެވެ.

އޭދަފުށީ ދެ ސަރަހައްދެއްގައި އަމިއްލަ ދެ ފަރާތަކުން ޕާކު ހެދުމުގެ މަސައްކަށް ފެށީ މިއަހަރުގެ ކުރީ ކޮޅު އެވެ. އެގޮތުން ރަށުގެ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ޕާކު ތަރައްގީ ކުރަނީ މިރަށު ޒުވާނުންގެ ކްލަބުންނެވެ. އަދި ދެކުނު ފަރާތު ހިއްކި ބިމުގައި ޕާކު ހަދަނީ އަމިއްލަ ފަރާތަކުންނެވެ.

މިއަހަރު ކުރީކޮޅު ޕާކުތަކުގެ މަސައްކަތް ފެށުމާއެކު ދެ ފަރާތުންވެސް އަމާޒު ހިފާފައި ހުރީ މިދިޔަ ކުޑައީދު ޕާކުތައް ނިންުމަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ޕާކުތަކުގެ މަސައްކަތް އެ ފަރާތްތަކަށްވަނީ ނިންމާލެވޭވަރު ނުވެފަ އެވެ.

އުތުރު ފަރާތުގައި ޒުވާނުންގެ ކްލަބުން ތަރައްގީކުރާ ކުޑަކުދިންގެ ޕާކު

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ، ގޮތުގައި ޕާކުތަކުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ފަރާތަކަށް އެންގީ އެ މަސައްކަތް ނުނިމި، ގިނަ ދުވަސްވެފައިވާތީ، ރައްޔިތުންގެ ފަރާތުން އެކަމުގެ ޝަކުވާތައް ލިބެމުންދާތީ އެވެ.

ތޮލާލު ވިދާޅުވި ގޮތުގައި ކުޑަކުދިންގެ ޕާކުތައް ހެދުމަށް އެ ފަރާތްތަކާ މިއަހަރު ކުރީކޮޅު ބިން ހަވާލުކުރީ މަސައްކަތް ނިންމުމަށްފަހު އެތަންތަން ނިންމުމަށްފަހު ކައުންސިލް އިދާރާ އާ ހަވާލުކުރާ ގޮތަށެވެ.

“ޕާކު ހެދުމަށް އެ ފަރާތްތަކާ ބިން ހަވާލުކޮށްފައިވަނީ މިރަށުގައި ކުޑަކުދިންގެ ޕާކެއް ނެތުމުގެ ސަބަބުން އެކަމަށް ރަށުގެ ރައްޔިތުން ބޭނުންވެފައިވާލެއް ބޮޑުކަމުން، ނަމަވެސް މަސައްކަތް ނުނިމި ދިގުލައި ދިއުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ކައުންސިލަށް ދަނީ ލިބެމުން، އެހެންވެ މިއަހަރު ނިމުމުގެ ކުރިން ޕާކުތައް ނިންމައި ކައުންސިލަށް ހަވާލުކުރަން އެންގީ،”

މި ޕާކުތައް ތަރައްގީ ކުރަނީ އެތަނުގައި މަލްޓިފަންކްޝަނަލް ކުޅޭ ސެޓާއި މަންކީ ބާ އާއި ސީސޯގެ އާއި މިނޫނަސް ކުޑަކުދިން ކުޅެން ބޭނުންވާނެ ތަކެއްޗާއެކު ބޮޑެތި މީހުންނަށް އައުޓްޑޯ ޖިމަކާއި ޖޮގިން ޓްރެކެއްވެސް ހިމެނޭ ގޮތަށެވެ.

ކައުންސިލުން ބުނީ އޭގެ ފަހުން ޕާކުތަކުގެ މަސައްކަތް ނުނިމި ހުރި ނަމަވެސް އެތަންތަން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ރިލޭ

    ކައުންސިލަށް ކޮންބައެއްގެ ޝަކުވާއެއްބާ ހުށަހެޅިގެން އައީ. އަދި އެއީ ކިހާވަރެއްގެ ޕަސެންޓޭޖެއްތޯ. ފުރަތަމަ ތިޔަ ކައުންސިލުން ތިޔަ ފޮޓޯގައި ފެންނަ ޕާރކުތައް ހެދުމަށް ކޮން މަސައްކަތެއްތޯ ކުރީ. އެންމެ ކުޑަވެގެން އެބޭފުޅުންނަށް އެސައިޓަށްވެސް ރަށުގައި ހުންނަ ތަނަކަށްވެފައި ނުދެވުމަކީ ކައުންސިލްގެ ނުކުޅެދުންތެރިކަން. އެހެން ނޫނަސް ތިޕާރކުތައް ނެހެދިގެނެއްނޫން ރައްޔިތުންގެ ޝަކުވާ ބޮޑުވަނީކީ. މިހާތަނަށް އޭދަފުށީ ކަހަލަ ބޮޑު ރަށެއްގައި، ކައުންސިލުން އިސްނަގައިގެން ޕާރކެއް ތަރައްގީ ނުކުރެވުމަކީ ތިޔަ ކައުންސިލުން ލަދުގަންނަންޖެހޭ ފަދަ ކަމެއް. އާއްމު ފަރުދަކު، ނުވަތަ ފަރުދުންތަކެއް އިސްނަގައިގެން މިފަދަ ތަރައްގީގެ ރައްޔިތުންނަށް ބޭނުންވެފައި ވާ ބޮޑުކަމެއް ކޮށްދޭކަމާމެދު އެބޭފުޅުން މިއަދު ފަހުރުވެރިވާންޖެހޭ. އެހެން ނޫނަސް މިފަދަ މިލިޔަނުން ހަރަދުކޮށްގެން ހަދާ ޕާރކެއް ތަރައްގީކޮށް ކައުންސިލާއި، ހަވާލުކުރުމަކީ، މިފަދަ ތަނެއް، ބެލެހެއްޓުމަށް ވަރަށް ގިނަގުނަ ގޮންޖެހުންތަކާއި، ކުރިމަތިވާނެކަމެއް. އަދި މިކަންކަން ބެލެހެއްޓުމުގެ ގާބިލްކަމެއް ތިޔަ ކައުންސިލަކު ނެތް. އެއަށްވުރެ މިޕާރކުގެ ވާހަކަ ދެއްކުމަށްވުރެ، ރައްޔިތުންނަށް ބޭނުންވާ އެތައްކަމެއް ކައުންސިލުގެ ނުކުޅެދުންތެރިކަމުން ނުވެ އެބަހުރި. އެކަންކަން ކުރިއަށް ގެންދިއުމަކީ ކައުންސިލުން މިއަދު ކުރަންޖެހޭ މައިގަޑު އެއްމަސައްކަތް. އޭދަފުށީ ބިން ހިއްކިތާވެސް މިހާރު 5 އަހަރު ފުރިއްޖެ. އެތަނުގެ ޕުލޭން އެއް ނެތް. އެއަށްވުރެ ފަހުން ބިން ހިއްކި ރަށްރަށުގައި ފުލެޓާއި، އެހެނިހެން އިމާރާތްތައް މިއަދު ހަދަމުން އެގެންދަނީ. ތިޔަ ކައުންސިލުން މިފަދަ ކަމެއް ބާރުލާފައި ކުރުމަކީވެސް މާމުހިންމު ކަމެއް ކަމަށް ދެކެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.