އަނަންތަރާ އަށް ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ

އަނަންތަރާ އާއި ސޮނެވާ ބައްދަލުކުރި މެޗުގެ ތެރެއިން.: އީޓީ ފޮޓޯ/އިސްމާއިލް ސައީދު

ބ. އަތޮޅު އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި ސޮނެވާފުށި އަތުން 2-0 އިން ބަލިވެ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ކިހަވައް ސްޓްރައިކާސް (އަނަންތަރާ) އަށް ގެއްލިއްޖެ އެވެ.

ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއޮންޓް ހޯދާ ދެ ޓީމަށް ސެމީން ޖާގަ ލިބޭއިރު، ގްރޫޕް އޭ ގެ އެއް ވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗުން މޮޅުވެގެން 9 ޕޮއިންޓާ އެކު ސޮނެވާފުއްޓެވެ.

މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބޭނީ އަންނަ އަންގާރަ ދުވަހު މިލައިދޫ އާއި ފޯ ސީޒަން ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. އެ މެޗު އެއްވަރުވެއްޖެނަމަ ސެމީ އަށް ދާނީ އަންނަތަރާ އެވެ.

އަނަންތަރާ އާއި ސޮނެވާ ބައްދަލުކުރި މެޗުގެ ތެރެއިން.: އީޓީ ފޮޓޯ/އިސްމާއިލް ސައީދު

މިއަދުގެ މެޗުގައި ސޮނެވާފުށީގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އާދަމް ނިޒާމް (ކިތުނާ) އެވެ.

މާދަމާކުޅޭ ގްރޫޕް ބީގެ ފަހު މެޗުގައި ބައްދަލުކުރާނީ ދި ސްމޯލް އައިލެންޑް މޯލްޑިވްސް އާއި ކިހާ މޯލްޑިވްސް އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ. އެއްވަރު ވެއްޖެނަމަ ސެމީން ޖާގަ ލިބޭނީ ސްމޯލް އައިލެންޑް މޯލްޑިވްސް އަށެވެ.

މިގްރޫޕްގެ އެއްވަނާގައި 4 ޕޮއިންޓާއެކު އޮތް ޑުސިޓްވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.