ވިލާ ހޮޓެލްސްގެ ފަރާތުން ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓުގެ ބައެއް ވަޒީފާތަކަށް މީހުން ހޯދަން އިއުލާން ކޮށްފި އެވެ.
ރޯޔަލް އައިލެންޑް ރިސޯޓުން މީހުން ހޯދަން އިއުލާން ކޮށްފައިވާ ވަޒީފާ ތަކުގެ ތެރޭގައި ވެއިޓަރުންނާއި ހައުސްކީޕިން ސްޕަވައިޒަރުންނާއި ފްރޮންޓް އޮފީހަށް ރިސެޕްޝަނިންސް، ޓެލެފޯން އޮޕަރޭޓަރުގެ އިތުރުން އިންޖިނިއަރިން ޑިޕާޓްމެންޓަށް އޭސީ މެކޭނިކް އަދި ޑިއުޓި ޑްރައިވަރުން ހިމެނެ އެވެ. މީގެ އިތުރުން ދޯނި ކެޕްޓަނުންނާއި ކްރޫން ވެސް އެ ރިސޯޓަށް ބޭނުން ވެގެން އިއުލާންކޮށްފައިވެ އެވެ.
މި ވަޒީފާތައް އެ ރިސޯޓްގައި އަދާކުރަން ޝައުގުވެރިވާ ދިވެހިންނަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފި އެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީ އާއެކު އައިޑީކާޑު އަދި ޕޮލިސް ރިޕޯޓް [email protected] އަށް އީ-މެއިލު ކުރުމަށް ރޯޔަލް އައިލެންޑް ރިސޯޓުން އެދެއެވެ.
ހެހެހެ، މުސާރަ 2000 ރުފިޔާ ސާރވިސް ޗާރޖު 500 ރުފިޔާ، މީ ދެން މީހުން ދާކަހަލަ ތަންތަނެއް ނޫން، ލާރި ހޯދަން…