ސެމީގެ ފަހު ޖާގަ މިލައިދޫ އަށް

މިލައިދޫ އާއި ފޯސީޒަން ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އިސްމާއިލް ސައީދު/އީޓީ

ފޯސީޒަން މޯލްޑިވްސް އަތުން 1-0 އިން ހޯދި މޮޅާ އެކު މިއަހަރު އަލަށް މި މުބާރާޓުގައި ވާދަކުރި މިލައިދޫ އައިލެންޑް ރިސޯޓް އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ގްރޫޕް އޭ އިން ސެމީގެ ޖާގަ ލިބުނީ ސޮނެވާ އާއި މިލައިދޫ އަށެވެ ގްރޫޕް ބީން ސެމީގެ ޖާގަތައް ކަށަވަރުކުރީ ސްމޯލް އައިލެންޑް މޯލްޑިވްސް އާއި ޑުސިޓު ތާނީ މޯލްޑިވްސް އެވެ.

މިއަދުގެ މެޗުގައި މިލައިދޫންޖެހި ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެނިކޮށް ހަސަން ޔާސިރު އެވެ.

މިލައިދޫ އާއި ފޯސީޒަން ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އިސްމާއިލް ސައީދު/އީޓީ

މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ސޮނެވާފުއްޓާ ދެކޮޅަށް ނުކުންނާނީ ސްމޯލް އައިލެންޑް މޯލްޑިވްސް (އަމިއްލަފުށި/ފިނޮޅު) އެވެ. ސެމީގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު މިލައިދޫ އާ ދެކޮޅަށް ނުކުންނާނީ ޑުސިޓް އެވެ.

މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ ސްމޯލް އައިލެންޑް މޯލްޑިވްސް އެވެ.

މިލައިދޫ އާއި ފޯސީޒަން ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އިސްމާއިލް ސައީދު/އީޓީ

އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތަކީ ބ. އަތޮޅު ރިސޯޓްތަކަށް ހުޅުވާލައިގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.