ސޮނީގެ އާ ޗެނަލްތަކަކާއެކު ދިރާގު ޓީވީން ޕްރޮމޯޝަނެއް ފަށައިފި

ދިރާގު ޓީވީއަށް އިތުރުކުރި ސޮނީ ޗެނަލްތައް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސޮނީ ޑިޖިޓަލް ނެޓްވޯކް އިންޑިއާގެ އިސްވެރިންނާއި ދިރާގުގެ ބައެއް އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ދިވެހިންގެ މެދުގައި މަގުބޫލް ޑްރާމާ ސީރީސްތަކާއި ފިލްމްތަކާއި ޑޮކިއުމަންޓްރީ އަދި ފޯރިގަދަ ކުޅިވަރު މުބާރާތްތައް ދައްކާ ސޮނީގެ ޗެނަލްތަކެއް ދިރާގު ޓީވީގައި ހިމެނައި، ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިއްޔެ ދިރާގު ހެޑް އޮފީހުގައި މިކަމަށް ބޭއްވި ވަރަށް ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން އިފްތިތާހް ކުރެއްވީ ދިރާގު ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް އަހްމަދު މައުމޫން އާއި ދެކުނު އޭޝިއާ ސަރަހައްދުގެ ސޮނީ ޕިކްޗާރސް ނެޓްވޯކް ގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް ސުޝިލް ސިންގް އަދި އެވެ.

ޗެނަލްތައް ތައާރަފްކޮށް ދިނުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސުސިލް ވިދާޅުވީ، ދިރާގަށް އަންނަ ކުރިއެރުމަށް ބަލައި ދިރާގާ އެކުގައި ވާ ޕާޓްނާޝިޕުގެ ސަބަބުން ދެ ކުންފުނީގެ ވެސް ކުރިއެރުމާމެދު ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށެވެ.

އަލަށް ތައާރަފް ކުރި ޗެނަލްތަކާއެކު ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ދިރާގު ޓީވީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، 65 އިންޗީގެ 4ކޭ ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީން ފޯރުކޮށްދެމުން އަންނަ 80 އަށްވުރެ ގިނަ ޗެނަލްގައި 70 ޕަސެންޓް ޗެނަލްތަކަކީ އެޗްޑީ ޗެނަލެވެ. ދިރާގު ޓީވީން ފޯރުކޮށްދޭ ޗެނަލްތަކަކީ ފިލްމާއި ޑްރާމާ، މިއުޒިކް، ކުޅިވަރު އަދި ތަފާތު ޑޮކިއުމެންޓްރީތައް ހިމެނޭ ޗެނަލްތަކެވެ.

ދިރާގު ޓީވީގެ މަހު ފީގެ ގޮތުގައި ނަގަނީ 300ރ. އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.