“މޯލްޑިވިއަން އައިޑޮލް” ސީޒަން 3ގެ ޓައިޓްލް ވެސް ދިރާގަށް

ރާއްޖޭގެ ފުރަތަމަ ފްރެންޗައިޒް ޝޯ “މޯލްޑިވިއަން އައިޑޮލް” ގެ ފުރަތަމަ އަދި ދެވަނަ ސީޒަންގެ ޓައިޓްލް ސްޕޮންސަ ކުރި ދިރާގުން އެ މުބާރާތުގެ ތިންވަނަ ސީޒަންގެ ޓައިޓްލް ވެސް ސްޕޮންސަކޮށްފި އެވެ.

ޓީވީއެމް ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ދިރާގާ ދެމެދު މިއަދު ވަނީ “މޯލްޑިވިން އައިޑޮލް” ގެ ތިން ވަނަ ސީޒަންގެ ޓައިޓްލް ސްޕޮންސަޝިޕްގައި ސޮއި ވެސްކޮށްފަ އެވެ.

ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އިބްރާހީމް ހަލީލެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނެޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ ވިދާޅުވީ އެ ކުންފުނިން މޯލްޑިވިއަން އައިޑޮލް 3، ގެ ބައިވެރިއަކަށްވީ، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ބައެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

“ޒުވާނުންނަށް ހާއްސަކޮށް ހިންގާ ކަންކަމުގައި ބައިވެރިވުމަކީ ދިރާގުން އިސްކަންދޭ ކަމެއް. އެހެންވެ މި އަހަރުވެސް ދިރާގުން ބައިވެރިވީ،” އިސްމާއިލް ވިދާޅުވި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ހަލީލް ވިދާޅުވީ ދިރާގަކީ ޓީވީއެމާއި އަޑުން ކުރާ ކޮންމެ ކަމެއްގައި ބައިވެރިއެއް ކަމަށެވެ. އަދި ދިރާގުގެ ބައިވެރިވުން ނެތި، އެއްވެސް ކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“މޯލްޑިވިއަން އައިޑޮލް 3، ބޭއްވެނީ ދިރާގުން ބައިވެރިވީތީ. އެހެން ނޫންނަމަ ނުބޭއްވޭނެ،” ހަލީލް ވިދާޅުވި އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއް ކާމިޔާބުކޮށްފައިވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އަދި ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައިވަނީ ލައިޝާ ޖުނައިދު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.