އިސްލާމީ ތަރުބިއްޔަތުގެ އަޞްލު 2

DSC_0180

–  އުނގެނުމާއި އުނގަންނައިދިނުމުގެ މުހިއްމުކަން

ޢިލްމަކީ އިންސާނާގެ ވިސްނުމާއި ފިކުރު ތަރައްޤީކޮށް އިންސާނާގެ ދަރަޖަ މަތިވެރިކޮށްދޭ އެއްޗެކެވެ. އިންސާނީ ކުރިއެރުމާއި ތަރައްޤީއަށް ކޮންމެހެން ލާޒިމު އެއްޗެކެވެ. އެހެންކަމަށް ވުމާއިއެކު ﷲސުބްޙާނަހޫ ވަތަޢާލާ އެންމެފުރަތަމަ އިންސާނާ އާދަމު ޢަލައިހިއްސަލާމް ހެއްދެވުމަށްފަހު އެކަލޭގެފާނަށް ޢިލްމު އުނގަންނަވާ ދެއްވިއެވެ. އަދި އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޢިލްމުގެ ސަބަބުން މަލާއިކަތުންނަށް ވުރެ އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކުރައްވާ، އެކަލޭގެފާނުންނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް އަމުރުކުރެއްވިއެވެ.

 وَعَلَّمَ آَدَمَ الْأَسْمَاءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى الْمَلَائِكَةِ فَقَالَ أَنْبِئُونِي بِأَسْمَاءِ هَؤُلَاءِ إِنْ كُنْتُمْ صَادِقِينَ (31) قَالُوا سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا إِنَّكَ أَنْتَ الْعَلِيمُ الْحَكِيمُ (32( البقرة: ٣١ – ٣٢

“އަދި آدمގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقةތަކެވެ.) ދެން، އެކަލާނގެ އެތަކެތި ملائكةންނަށް ހުށަހަޅުއްވައި، وحىކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ دعوىގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ!

އެ ملائكةން ދެންނެވޫއެވެ. އިބަރަސްކަލާނގެ ހުސްطاهرވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيمވަންތަ ރަސްކަލާނގެއެވެ.

  ޢިލްމު އުނގެނުމާއި އުނގަންނާދިނުމަށް އިސްލާމްދީނުގައިވެސް ވަރަށްބޮޑު އަހައްމިއްޔަތު ކަމެއް ދީފައިވެއެވެ. އެކަމަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައިވެއެވެ.

އަދި އުނގެނުމާއި އުނގަންނާދިނުމުގައި ކީރިތި ޤުރްއާނުގެ މަންހަޖަށް ތަބާ ވުމަށްއަންގަވާފައިވެއެވެ. އަދި ހަމަކަށަވަރުން ކިޔަވައިދިނުމާއި ޢިލްމީ ބަޙުޘްތަކުގެ ޛަރީޢާއިން ﷲއަށް އީމާންވުމަށް ކީރިތި ޤުރްއާން އިންސާނުންނަށް ގޮވާލައްވައެވެ.

ޤުރުއާނުގައި އެންމެފުރަތަމަ ބާއްވާލެއްވި އާޔަތްތަކަށް ނަޒަރު ހިންގާލުމުންވެސް ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ދެއްވާފައިވާ މަތިވެރި އަހައްމިއްޔަތު ހާމަވެގެންދެ އެވެ.

اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ (1) خَلَقَ الْإِنْسَانَ مِنْ عَلَقٍ (2) اقْرَأْ وَرَبُّكَ الْأَكْرَمُ (3) الَّذِي عَلَّمَ بِالْقَلَمِ (4) عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ (5) كَلَّا إِنَّ الْإِنْسَانَ لَيَطْغَى (6) أَنْ رَآَهُ اسْتَغْنَى (7(العلق: ١ – ٨

މާނައީ: ” ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسمފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ )ހުރިހާ ތަކެއްޗެއް( ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، قلمން )ލިޔަން( އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ. ހަމަކަށަވަރުންް، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرةއަށެވެ.”

 މިއާޔަތްތަކުން ޢިލްމު އުނގެނުމަށް އިސްލާމްދީނުގައި ދެއްވާފައިވާ މަތިވެރި އަހައްމިއްޔަތު ވަރަށް ރަނގަޅަށް ބަޔާންވެއްޖެއެވެ. އަދި އުނގެނެންވީ ގޮތުގެ މަންހަޖުވެސް މިއާޔަތްތަކުގައި ވަރަށް ޞަރީޙަކޮށް އެވަނީ ބަޔާންވެގެންނެވެ.

 شَهِدَ اللَّهُ أَنَّهُ لَا إِلَهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ لَا إِلَهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ (18(آل عمران: ١٨

މާނައީ: ” ހަމަކަށަވަރުން، اللَّه، އެކަލާނގެ ފިޔަވައި (حقވެގެން އަޅުކަމެއްވެވޭ) إلهއަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި، ملائكةންނާއި، علمގެ أهلވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި تدبيرކުރެއްވުމުގައި) عدلވެރި ކަމާއިގެން އެކަލާނގެ قائمވެ ވޮޑިގެންވެތެވެ. އެކަލާނގެ މެނުވީ (حقވެގެން އަޅުކަމެއްވެވޭ) إلهއަކު ނުވެތެވެ. (އެކަލާނގެއީ) عزيزވަންތަ،  حكيمވަންތަ ރަސްކަލާނގެއެވެ.”

 يَا أَيُّهَا الَّذِينَ آَمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآَخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا (59(النساء: ٥٩

މާނައީ: ” އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّهއަށް ކިޔަމަންވާށެވެ! އަދި، رسولއާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّهއަށާއި، رسولއާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّهއާއި، އެކަލާނގެ رسولއާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عملކުރާށެވެ!) ތިޔަބައިމީހުން، اللَّهއަށާއި، آخرةދުވަހަށް إيمانވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ.

يَا أَيُّهَا الَّذِينَ آَمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّهُ لَكُمْ وَإِذَا قِيلَ انْشُزُوا فَانْشُزُوا يَرْفَعِ اللَّهُ الَّذِينَ آَمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (11(المجادلة: ١١

“އޭ إيمانވެއްޖެ މީސްތަކުންނޭވެ! مجلسތަކުގައި ތަންދިނުމަށް ތިޔަބައިމީހުންނަށް ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން ތަންދޭހުށިކަމެވެ! އޭރުން اللَّه ތިޔަބައިމީހުންނަށް ތަނަވަސްކަން ދެއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ގާތުގައި ތެދުވާށޭ ބުނެފިނަމަ، ފަހެ، ތިޔަބައިމީހުން (مجلسން) ތެދުވާހުށިކަމެވެ! ތިޔަބައިމީހުންގެ ތެރެއިން إيمانވި މީހުންނާއި، علمލިބިގެންވާމީހުން اللَّه ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. اللَّهއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

 އުގަންނައިދިނުމާ ތަރުބިއްޔަތާ މިއީ ވަކި ނުކުރެވޭނެ ދެކަމެވެ. ތަރުބަވީ ޢިލްމުވެރިން ދެކިލައްވާގޮތުގައި އުގެނުމަކީ އިންސާނައަށް ވަކި މަޢްލޫމާތު ތަކަކާއި ޞިފަތަކަކާ، ވަކި ހުނަރުތަކެއް ދަސްކޮށްދީ ކުރި އެރުވުމަށްޓަކައި، ވަކި ޚާއްޞަ ބަޔަކު ވަކިޚާއްޞަތަނެއްގައި ކުރެވޭ ޢަމަލީ މަސައްކަތް ތަކެކެވެ. ތަރުބިއޔަތަކީ އެހޯދި މަޢްލޫމާތު ތަކުގެ މައްޗަށް ބިނާ ކޮށް، އިންސާނާގެ ހުރިހާ ކަންކަމެއް ތަރައްޤީ ކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، ލިބިފައިމަޢްލޫމާތު ތަކުގެއަޅިގައި އިޖްތިމާޢީ ފޭރާން އިސްލާމީ އުސޫލްތަކުގެ މަތިން ކުރިއަތުވާ ދެމެހެއްޓުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.