ކުނި މެނޭޖުކުރުމުގެ މަހާސިންތާއެއް އޭދަފުށީގައި ބާއްވަނީ

ގާލްގައިދް ދަރިވަރުންނަށް ކުނި މެނޭޖު ކުރުމާ ބެހޭ މައުލުމާތު ދެނީ.- ފައިލް ފޮޓޯ

ކުނި މެނޭޖު ކުރުމާ ބެހޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން މި ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު މަހާސިންތާ އަންނަ ހޯމަ ދުވަހު އޭދަފުށިގައި ފަށާނެ ކަމަށް މިރަށު ކައުންސިލުން ބުނެފި އެވެ.

ރާއްޖޭގެ ރަށްތައް ރީތިކޮށް ސާފުކޮށް ބެލެހެއްޓުމަށް އެންވަޔަރްމަންޓް މިނިސްޓްރީން ފަށާފައިވާ “ސާފު ރާއްޖެ” ކެމްޕެއިންގެ ދަށުން މިރަށުގައި ތިން ދުވަހަށް ބާއްވާ މި މަހާސިންތާގައި ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްރަށުން 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އެވެ.

މަހާސިންތާގައި ކޮންމެ ރަށަކުން ދެ މަންދޫބުން ބައިވެރިވާނެ އެވެ. އެއީ ކައުންސިލަރުންގެ ތެރެއިން ކުނީގެ މައްސަލަތަކުގައި އުޅޭ ކައުންސިލަރަކާއި އިދާރީ މުވައްޒަފެކެވެ. އަދި އެންވަޔަރަމަންޓް މިނިސްޓްރީން ބައިވެރިވާ މަންދޫބުންނާ އެކު ޖުމްލަ 120 މަންދޫބުން ބައިވެރިވާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުންޏެވެ.

ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން ބާއްވާ މަހާސިންތާއާ ބެހޭ ގޮތުން މިނިސްޓަރު ތޯރިގް (މ) މައުލޫމާތު ދެއްވަނީ. –މިހާރު ފޮޓޯ:މުހައްމަދު ޝަރުހާން

މަހާސިންތާގެ ބައިވެރިންނަށް ކުނި މެނޭޖްކުރުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޕޮލިސީގެ މައުލޫމާތު ހިއްސާކުރާނެ އެވެ. އަދި މި ސަރަހައްދުގެ ރަށްތަކުގައި ކުނި މެނޭޖް ކުރާ ގޮތާއި އެކަމުގެ މައުލޫމާތު ވެސް ބައިވެެރިންް ހިއްސާ ކުރާނެ އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ސާފު ރާއްޖެ ކެމްޕެއިން ފެށީ މިދިޔަ އަހަރުއެވެ. އެ ކެމްޕެއިންގައި ރަށްރަށުގެ ކައުންސިލުތަކާއި ސްކައުޓާއި ގާލްގައިޑާއި ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތު ކުރަމުން އަންނަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.