ސްމޯލް އައިލެންޑް ބަލިކޮށް ސޮނޭވާ ފައިނަލަށް

އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ސްމޯލް އައިލެންޑް މޯލްޑިވްސް އާއި ސޮނެވާފުށި ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ: ތޯރިގް/އީޓީ

އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ސްމޯލް އައިލެންޑް މޯލްޑިވްސް (އަމިއްލަފުށި-ފިނޮޅު) އަތުން 2-1 އިން މޮޅުވެ ސޮނެވާފުށި މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ބ. އަތޮޅުގެ ރިސޯޓްތަކަށް ހާއްސަ ކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ކުޅޭ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ސޮނެވާފުށީ ރިސޯޓް އެވެ. ސޮނޭވާ ޓީމު ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފަ އެވެ.

އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ސްމޯލް އައިލެންޑް މޯލްޑިވްސް އާއި ސޮނެވާފުށި ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ: ތޯރިގް/އީޓީ

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސޮނެވާފުއްޓަށް ލީޑު ނަގައިދިނީ މެޗުގެ 14 ވަނަ މިނިޓްގައި މުހައްމަދު މައުރޫފުއެވެ. ފުރަތަމަ ހާފު ނިމެނިކޮށް ސޮނެވާގެ ލީޑުފުޅާކޮށްދިނީ ކެޕްޓަން މަޖިއްޓޭ ޖެހި ބޯޅައެއް އަމިއްފުށީ ކުޅުންތެރިއެއްގެ ގައިގައިޖެހި ބައި ކޯޅަށް ވަތް ލަނޑަކުންނެވެ.

ސްމޯލް މޯލްޑިވްސް އައިލެންޑުން ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރީ ހުސައިން ޝިފާހު އެވެ. މި މެޗުގައި މޮޅަށް ކުޅެ ސްމޯލް އައިލެންޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ސޮނެވާގެ މުހައްމަދު ސިމާން އެވެ.

އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ސްމޯލް އައިލެންޑް މޯލްޑިވްސް އާއި ސޮނެވާފުށި ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ: ތޯރިގް/އީޓީ

ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ސޮނެވާ ބައްދަލުކުރާނީ މާދަމާރޭ ކުޅޭ ދެ ވަނަ ސެމީން ޑުސިޓް އާއި މިލައިދޫ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެ ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު ބޮޑު އީދުގައި އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.