ޗެންޕިއަން ފައިސާ ނުލިބޭތީ ގޮއިދޫން އަތޮޅު ޗެލެންޖުގައި ބައިވެރިނުވާން ނިންމައިފި

ގޮއިދޫ ޓީމުން ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގެ ތަށި އުފުލާލަނީ. މިއަހަރުގެ މުބާރާޓުގަިއ އެޓިމުން ވާދަނުކުރަން ވަނީ ނިންމާފައި

ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަން ގޮއިދޫ ފުޓްބޯޅަ ޓީމުން މިއަހަރުގެ އަތޮޅު ޗެލެންޖުގައި ބައިވެރިނުވާން ނިންމައިފި އެވެ.

ގޮއިދޫ ޓީމްގެ މެނޭޖަރު އަހްމަދު ރިޔާޒު ބުނި ގޮތުގައި މުބާރާތުގައި ބަިއވެރިނުވާން ނިންމީ މުބާރާތުގެ ފެންވަރު ދަށްވުމާއި މިދިޔަ އަހަރުގެ ޗެމްޕިއަން ފައިސާ ނުލިބި ލަސްވަމުންދާތީ އެވެ.

“ގޮއިދޫ ޓީމުން އުއްމީދު ކުރި ފެންވަރަށްވުރެ މުބާރާތުގެ ފެންވަރު އަހަރުން އަހަރަށް ދަނީ ދަށަށް. ރެފްރީންގެ ފެންވަރުވެސް އަހަރަކަށްވުރެ އަހަރެއް ދަށްކަން ފާހަގަކުރެވޭ. އަދި މުބާރާތުގެ ޗެންޕިއަން އާއި ރަނައަޕް ޓީމަށް ފައިސާލިބުން ލަސްވުމަކީ ވެސް މިއަހަރުގެ މުބާރާތުގައި ވާދަނުކުރަން ނިންމި ސަބަބު،”

ނަމަވެސް މުބާރާތް އިންތިޒާމުކުރުމުގައު އިސްކޮށްއުޅޭ މުހައްމަދު ޖަމީލް (ޖަމްބޭ) ބުނީ މިއަހަރުގެ މުބާރާތް ފެށުމުގެ ކުރިން ޓީމުތަކަށް ފައިސާ ހަވާލުކުރާނެ ކަމަށެވެ. އަދި އިންތިޒާމް ފެންވަރު ދަށްކަމަށް ގަބޫލު ނުކުރާކަމަށާ، ރެފްރީންގެ ފެންވަރުވެސް ދަށްނޫންކަމަށް ޖަންބޭ ބުންޏެވެ.

“ޓީމަކަށް ކުރީ އަހަރުގެ ފައިސާ ނުދީ މިއަހަރުގެ މުބާރާތެއް ނުވެސް ބާއްވާނެ. ގޮއިދޫ ބައިވެރިނުވަނީ އެފަދަ މައްސަލައަކުން ކަމަށް ނުދެކެން. އަހަންނަށް ހީވަނީ ސިޔާސީ ގޮތުން ބަޔަކު ރާވާ ގޭމެއްގަ ޖެހިގެންހެން ގޮއިދޫ ބައިވެރިނުވަނީ. ގޮއިދޫ ބައިވެރިނުވިޔަސް މުބާރާތް އޮންނާނެ” އޭދަފުއްޓަށް އުފަން ގައުމީ ފުޓްބޯޅަ ލެޖެންޑް ޖަމްބޭ ބުންޏެވެ

2012 ވަނަ އަހަރުން ފެށިގެން އޭދަފުށީގައި ބާއްވަމުން އަންނަ ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ނޮވެމްބަރ 1 ވަނަދުވަހާ ހަމައަށެވެ. މުބާރާތް ފަށާނީ ނޮވެމްބަރު 30 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ހުއިސުން

    މުބާރާތް ނިމުމާއެކު ދޭންޖެހޭ ލާރިއެއް ދޭންވާނެ. މަށަށް އެއްމެ ކަޑަ ކަމަކީ އޭދަފުށީ ޓީމުގައި ގޮއިދޫ ކުޅުންތެރިން. ގޮއިދޫ ޓީމުގައި ކިހާދޫ ކުޅުންތެރިން. މިނުކިޔާނެ އަތޮޅު މުބާރާތަކަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.