“ޕިންކް ރިބަން ރަން- ވޯކް” ހޮނިހިރު ދުވަހު ހަވީރު

މިދިޔަ އަހަރު ބޭއްވި ޕިންކް ރިބަން ރަން – ވޯކް ގައި ބައިވެރިވި ފަރާތްތައް. —

އުރަމަތީގެ ކެންސަރާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ބާއްވާ “ޕިންކް ރިބަން ރަން- ވޯކް” އަންނަ ހޮނިހިރު ދުވަހު އޭދަފުށީގައި އޮންނާނެ އެވެ.

ޕިންކް ރިބަން ރަން – ވޯކް އަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ހިނގާލުމެކެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00 ޖަހާއިރު އެވެ. ހުޅުމާލޭގެ އިތުރުން ބީއެމްއެލްގެ ބްރާންޗެއް ހުންނަ ހުރިހާ ރަށަކާއި އަދި ބ. ތުޅާދޫގައި އެ ހަރަކާތް ކުރިއަށްދާނެ އެވެ.

އޭދަފުށީގައި އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ޓީޝާޓް ބ. އަތޮޅު ހޮސްޕިޓަލުން ދަނީ ވިއްކަމުންނެވެ.

މި ހަރަކާތުގައި ގައުމީ ބޭންކް (ބީއެމްއެލް) އިން މި އަހަރުވެސް ވަނީ ބައިވެރިވެފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އެ ހަރަކާތުގައި ބައިވެރިވުމުގެ މަގްސަދަކީ ކެންސަރަށް މީހުން ހޭލުންތެރި ކުރުމުގައި ބައިވެރިވުމެވެ. އަދި ހާއްސަކޮށް އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުހިންމު މައުލޫމާތު ދީ، ކެންސަރުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތައް ކިޔައިދޭނެ އެވެ.

ދުނިޔޭގެ އާބާދީގެ ކޮންމެ އަށް އަންހެނަކުން އެއް އަންހެނަކަށް އުރަމަތީގެ ކެންސަރު ޖެހޭކަމަށްވެ އެވެ.

އެހެން ކަމުން ގަވާއިދުން ކެންސަރަަށް ސްކްރީން ކުރަން ޑޮކްޓަރުން އިރުޝާދު ދެ އެވެ. އެ ބައްޔަކީ ބަލީގެ ކުރީކޮޅު ފަރުވާކުރެވިއްޖެނަމަ ރަނގަޅު ކުރެވޭ ބައްޔެކެވެ.

އޮކްޓޫބަރު މަހަކީ ބައިނަަލްއަގްވާމީ ގޮތުން އުރަމަތީ ކެންސަރަަށް މީހުން ހޭލުންތެރު ކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކޮށް އެކަން ފާހަގަކުރާ މަހެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.