ޝެފުންގެ ޓީމަށް އޭދަފުށީން ހޫނު މަރުހަބާއެއް

ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ

މިއަހަރުގެ ދުނިޔޭގެ ޝެފުންގެ ދުވަސް އޭދަފުށީގައި ފާހަގަ ކުރުމަށް ޝެފުންގެ ޓީމު މިއަދު އޭދަފުއްޓަށް އައުމުން މިރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ

ޝެފުންގެ ޓީމު އޭދަފުށީ ރަސްމީ ފާލަމަށް ފޭބުމާއެކު ސަގާފީ ހެދުމުގައިތިބި ކުޑަކުދިންވަނީ ކޮންމެ މީހަކަށް މާބޮޑިއެއް އަރުވައިފަ އެވެ. އަދި އެ ޓީމަށް މަރުހަބާކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ފާލަން ކައިރިއަށް އެއްވެފައި ތިއްބެވެ.

ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ
ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ
ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ

ދުނިޔޭގެ ޝެފުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ “ހެލްދީ ހީރޯ” އެވެ.  މި ޝިއާރުގެ ދަށުން މި ދުވަސް ފާހަގަކުރަން އޭދަފުށީގައި ބާއްވާ މައި ހަރަކާތް އޮންނާނީ މާދަމާ މެންދުރުފަހު އެވެ. މި ހަރަކާތުގައި ބައިވެރިވާނީ ސްކޫލުގެ ގްރޭޑް 1-5 ގެ ދަރިވަރުންނެވެ.

ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ
ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ
ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ
ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ
ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ
ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ
ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ

މީގެ އިތުރުން ޝެފުންގެ ދުވަސް ފާހަގަކުރަން ގޮތުން، ހޮނިހިރު ދުވަހުު ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ކެއްކުމުގެ މުބާރާތެއް އޮންނާނެ އެވެ. މި މުބާރާތުގައި އެކި ކެޓަގަރީތަކުން ވަނަލިބޭ ފަރާތްތަކަށް ތައްޓާއި މެޑަލް ވެސް ދޭނެ އެވެ.

ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ
ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 20 ފާހަގަކުރަނީ ދުނިޔޭގެ ޝެފުންގެ ދުވަހުގެ ގޮތުގަ އެވެ. ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ވެކްސް) އިން މި ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 2004 ގަ އެވެ.

ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ
ޝެފުންގެ ޓިމަށް އޭދަފުށިން މަރުހަބާ ކިޔަނީ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.