ޕެނަލްޓީން މިލައިދޫ ބަލިކޮށް ޑުސިޓް ފައިނަލަށް

މިލައިދު އާއި ޑުސިޓް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ: އިސްމާއިލް ސައީދު/އީޓީ

ޕެނަލްޓީ ޖަހައިގެން މިލައިދޫ 5-3 އިން ބަލިކޮށް އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޑުސިޓް ތާނީ މޯލްޑިވްސް މިއަދު ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ދެވަނަ ހާފު ފެށިތަނާ ޑުސިޓް އަށް ލީޑު ނަގައިދިނީ އަހްމަދު ނާފިއު އެވެ. މިލައިދޫ އަށް އެއްވަރުކޮށްދިނީ މެޗު ނިމެނިކޮށް މުހައްމަދު ބައްސާމު އެވެ. ޕެނަލްޓީން މިލައިދޫން ފަސް ޕެނަލްޓީގެ ތެރެއިން 3 ޕެނަލްޓީ ކާމިޔާބު ކުރެވުނުއިރު، ޑުސިޓް މޮޅުވީ ފަސް ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.

މިލައިދު އާއި ޑުސިޓް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ: އިސްމާއިލް ސައީދު/އީޓީ

އަންނަ ހޮނިހިރު ދުވަހު ހަވީރު ކުޅޭ ފައިނަލުގައި ޑުސިޓް ނުކުންނާނީ ސޮނެވާފުއްޓާ ދެކޮޅަށެވެ. ސޮނެވާ އިން ފައިނަލުގެ ޖާގަ ހޯދީ ފުރަތަމަ ސެމީގައި އިއްޔެ ސްމޯލް އައިލެންޑް މޯލްޑިވްސްގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ.

މިލައިދު އާއި ޑުސިޓް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ: އިސްމާއިލް ސައީދު/އީޓީ

އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެ ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު ބޮޑު އީދުގައި އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.