ހައިޝަމް އާއި ނިޝާމް ގައުމީ ޓީމާއެކު ތަޖިކިސްތާނަށް

ހައިޝަމް އާއި ނިޝާމް

އިންޑޮނޭޝިޔާ ގައި އަންނަ އަހަރު އޮންނަ އޭއެފސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ރާއްޖެ ހިމެނިފައިވާ ގްރޫޕް ބީގެ މެޗުތައް ކުޅުމަށްޓަކައި ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއެކު އޭދަފުށީގެ އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ ނިޝާމް މުހައްމަދު ރަޝީދު އާއި ހައިޝަމް ހަސަން ރޭ ތަޖިކިސްތާނަށް ފުރައިފި އެވެ.

ދަނޑުމަތީގައި ޕޮގްބާގެ ނަމުން މަޝްހޫރު ވެފައިވާ ނިޝާމް ވަނީ މިދިޔަ އަހަރު ބޫޓާނުގައި އޮތް 19 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕް ސްކޮޑުގައި ހިމެނި ގައުމީ ޓީމުގައި ކުޅެފަ އެވެ.

ހައިޝަމް ވަނީ މިއަހަރު އޮތް މިނިވަން ޗެމްޕިއަންޝިޕްގައި އޭދަފުށީ ޓީމުގައި ހިމެނި، ކުޅެން ލިބުނު މަދު ފުރުސަތު ތަކުގައި މޮޅަށްކުޅެ، ޓީމަށް ގޯލެއްވެސް ކާމިޔާބުކޮށްދީފަ އެވެ.

މި ދެކުޅުންތެރިންގެ އިތުރުން އޭދަފުށީގެ ޒުވާން އުއްމީދީ ގޯލް ކީޕަރު އަޖުފާން އަމްޖަދު ޓީމުގައި ހިމެނުނު ނަމަވެސް، ސިއްހީ ހާލަތާހުރެ، އޭނާ އަށްވަނީ ޓީމާއެކު ދެވޭ ގޮތް ނުވެފަ އެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ތަޖިކިސްތާނުގެ އިތުރުން ދެން ހިމެނެނީ އުޒްބަކިސްތާން އާއި ބަންގްލަދޭޝް އަދި ސްރީ ލަންކާއެވެ. ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ ޓީމަށް އަންނަ އަހަރުގެ އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުން ފުރުސަތު ލިބޭނެ އެވެ. ނަމަވެސް ދެ ވަނައިގައިއޮވެ، ކޮލިފައިން ނިންމާލައިފިނަމަ މުބާރާތުން ޖާގަ ލިބޭނީ ކޮލިފައިންގައި ހިމެނޭ 10 ގްރޫޕުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަސް ގައުމަކަށެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ނުކުންނާނީ އަވައްޓެރި ސްރީލަންކާ އާ ދެކޮޅެވެ.

އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖެ ވާދަކުރާ ގްރޫޕުގެ ޝެޑިއުލް
• 31 އޮކްޓޯބަރ، ދިވެހިރާއްޖެ – ސްރީލަންކާ
• 2 ނޮވެމްބަރ، ދިވެހިރާއްޖެ – ބަންގްލަދޭޝް
• 4 ނޮވެމްބަރ، އުޒުބްކިސްތާން – ދިވެހިރާއްޖެ
• 6 ނޮވެމްބަރ، ތަޖިކިސްތާން – ދިވެހިރާއްޖެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.