ސޮނޭވާ ބަލިކޮށް ރިސޯޓް މުބާރާތުގެ ތަށި ޑުސިޓް ހޯދައިފި

ޑުސިޓް ޗެމްޕިއަން ޓްރޮފީއާ އެކު. ފޮޓޯ/އިސްމާއިލް ސައީދު/އީޓީ

ބ. އަތޮޅު އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިއަދު 3-0 އިން ސޮނޭވާފުށި ބަލިކޮށް ޑުސިޓް ތާނީ މޯލްޑިވްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި، މީގެ ކުރިން ތިން ފަހަރު ރިސޯޓް މުބާރާތް ކާމިޔާބުކޮށްފައިވާ ސޮނޭވާ ކޮޅަށް ޑުސިޓްގެ ފުރަތަމަ ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގައި އިސްމާއިލް ރަޝީދު އެވެ. ޑުސިޓްގެ ދެވަނަ ލަނޑާއި ތިން ވަނަ ލަނޑާއި ފަހު ހާފުގައި ކާމިޔާބުކުރީ އިޝާން އިބްރާހީމްއެވެ.

މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ސޮނެވާގެ އާދަމް ނިޒާމް ހޮވުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޑުސިޓްގެ އަހްމަދު ލަތީފް އެވެ. އެއް ވަނަ ޑިފެންޑަރަކީ ސޮނެވާގެ މުހައްމަދު ޝިމާން އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ޑުސިޓްގެ އަހްމަދު އަދީބު ހޮވުނުއިރު މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ޑުސިޓްގެ މުހައްމަދު ރިހާނު އެވެ. އެއް ވަނަ ކޯޗަކީ ޑުސިޓްގެ އަބްދުލް ޖަލީލު އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ކުޅުންތެރިއަކަށް ސޮނެވާގެ މުހައްމަދު މައުރޫފް ހޮވުނުއިރު އެންމެ މޮޅު ކުޅުންތެރިއަކީ ފައިނަލު މެޗުގހެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޭދަފުށީ ކުޅުންތެރިއާ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކުރުމަށް ސޮނެވާފުށީގެ އޯނަރު ސޯނޫ އާއި ޑުސިޓްގެ ޖެނެރަލު މެނޭޖަރު އަދި އެ ދެ ރިސޯތްގެ އިސްވެރިން ޒިޔާރަތްކުރި އެވެ.

އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން، ކުރިއަށް ގެންދިޔަ މުބާރާތުގެ ޗެމްޕިއަން އަދި ރަނާ އަޕް ޓީމަށް ވަނީ އަންނަ އަހަރު ބޮޑު އީދުގައި އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތުން ފުރުސަތު ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.