ކަލިނަރީ ޗެލެންޖުގެ ނަތީޖާ އިއުލާނު ކޮށްފި

ބ. އަތޮޅު ކަލިނަރީ ޗެލެންޖުން އެއްވަނ ހޯދު ހަނދުވަރީސް ޓީމު

ދުނިޔޭގެ ޝެފުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އާއި ފޭލި ޖަމިއްޔާ އަދި ބ. އަތޮޅު ކައުންސިލާިއ ރަށޫ ކައުންސިލު ގުޅިގެން ބ. އަތޮޅަށް ހުޅުވާލައިގެން އޭދަފުށީގައި ބޭއްވި ކެއްކުމުގެ މުބާރާތުން ވަނަ ހޯދި ފަރާތްތަކަށް ރޭ އިނާމު ދީފި އެވެ.

އެ މުބާރާތުން އެއްވަނަ ހޯދި ހަނދުވަރީސް ޓީމަށް އަށް ލިބުނީ ރަން މެޑަލް އަދި ޓްރޮފީ އާއި މި އިވެންޓްގެ މެއިން ސްޕޮންސާ ބެސްޓް ބައި މޯލްޑިވްސް އާއި ސީޖީއެމުން ދިން ފައިސާގެ އިނާމުގެ އިތުރުން އަމިއްލަފުށި އަދި ފިނޮޅު ރިސޯޓްގައި ދެ މީހަކަށް ތިން ރޭ ގެ ހިލޭ ހުރުމާއި ސޮނެވާފުށީ ރިސޯޓުން ހަތަރު މީހަކަށް މެންދުރުގެ ކެއުން ހަދިޔާ ކޮށްފައިވެ އެވެ. އަދި ރޯޔަލް އައިލެންޑް ރިސޯޓްގެ އެކްޒެކެޓިވް ޝެފުންނާއެކު އެ ރިސޯޓްގައި ކެއްކުމުގެ ހާއްސަ ސެޝަނެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ބ. އަތޮޅު ކަލިނަރީ ޗެލެންޖުން އެއްވަނ ހޯދު ހަނދުވަރީސް ޓީމު

އަދި މީގެ އިތުރުން އެއްވަނަ އަށް ދިޔަ ހަނދުވަރީސް ޓީމަށް އަންނަ އަހަރު މާލޭގައި އޮންނަ އެފްއެޗްއޭއެމް ކަލިނަރީ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ ޓީމަށް ވަނީ ދީފަ އެވެ.

ދެވަނަ ހޯދި ޓީމު ރޯޒްމީޑް-5 އަށް ޓްރޮފީގެ އިތުރުން ސީޖީއެމް އާއި ބީބީއެމުން ފައިސާގެ އިނާމު އަދި އަމިއްލަފުށި އަދި ފިނޮޅު ރިސޯޓްގައި ދެ މީހަކަށް ދެ ރޭ ގެ ހުރުން ހަމަޖައްސައިދިންއިރު، ތިންވަނަ އަށްދިޔަ ޓީމު ރިޓްރީޓަށް ވެސް ޓްރޮފީއާއި ސީޖީއެމް އާއި ބީބީއެމުން ފައިސާގެ އިނާމު އަމިއްލަފުށި އަދި ފިނޮޅު ރިސޯޓްގައި ދެ މީހަކަށް އެއް ރޭ ހިލޭ ހުރުން ހަމަޖައްސައިދީފައިވެ އެވެ.

 

ބ. އަތޮޅު ކަލިނަރީ ޗެލެންޖުން ދެވަނަ ހޯދު ރޯޒްމީޑް5 ޓީމު

ޝެފުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތައް ނިންމުށާއި ކެއްކުމުގެ މުބާރާުގެ ނަތީޖާ އިއުލާނުކުރި ހަފްލާ ގައި ވާހަކަ ދައްކަވަމުން ސީޖީއެމްގެ ރައީސް މަރިޔަމް ނޫރައްދީން ވިދާޅުވީ މި ކަލިނަރީ ހަރަކާތަކީ އަތޮޅުތެރޭގެ ރައްޔިތުންގެ މެދުގައި ދިވެހިވަންތަ ޒަމާނީ ކެއްކުމުގެ ހުނަރުތައް އަށަގަންނުވައި އެމީހުންގެ ރަހަތައް ޕްރޮމޯޓް ކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ކެއުންތައް ތައްޔާރު ކުރި ފަރާތްތަކުގެ މައުލޫމާތުގެ އިތުރުން މި ކެއުންތައް ތައްޔާރު ކުރާނޭ ގޮތް ހިމަނައިގެން އެ ޖަމިއްޔާއިން ނެރެން ހަމަޖެހިފައިވާ ފޮތުގައި ޝާއިއު ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކަލިނަރީ ޗެލެންޖުގައި ބައިވެރިވި ބީޓެކް ދަރިވަރުންގެ ޓީމެއް

މި ހަރަކާތުގައި ތިން މެންބަރުންގެ މައްޗައް އެކުލެވޭ 30 ޓީމުން ޖުމްލަ ނުވަދިހަ ބައިވެރިންވަނީ ބައިވެރިވެފައެވެ. މިއަހަރުގެ ކަލިނަރީ ޗެލެންޖްގައި ބީޓެކް ކިޔަވާކުދިންގެ ޓީމުތަކެއްވެސް ބައިވެރިވި އެވެ.

ތިންވަނަ ހޯދި ރިޓްރީޓް ޓީމު

މުބާރާތުގައި ކޮންމެ ޓީމަކުން ސްޓާޓަ އަކާއި، މެއިން ކޯސް އަދި ފޮނި ކާއެއްޗެއް ވަނީ ތައްޔާރުކޮށްފަ އެވެ.

މިއީ ބ. އަތޮޅު ކައުންސިލާއި ރަށު ކައުންސިލު އަދި ފޭލި ޖަމިއްޔާގެ ވަރަށްބޮޑު އެހީތެރިކަމާއެކު ބޭއްވި ވަރަށް ފުރިހަމަ އިވެންޓެއް ކަމަށާއި އެކަމަށްޓަކައި އެ ފަރާތްތަކަށް މަރިޔަމް ނޫރައްދީން ޝުކުރު އަދާ ކުރެއްވި އެވެ.

ޝެފުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުކުރު ދުވަހު ހަވީރު ވަނީ ސްކޫލު ކުދިންނަށް ހާއްސަ އިވެންޓެއް ވެސް ބާއްވައިފަ އެވެ. އެ އިވެންޓުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކާނާ އާއި ތަރުކާރިއާއި މޭވާ ބޭނުންކޮށްގެން ހެދޭ ތަފާތު ބުއިންތަކާ ކެއުންތަކުގެ ރަހަ ދެއްކުމާ އެފަދަ ބުއިންތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމުގެ މައުލުމާތު ދީފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.