ތިންވަނަ ކުއާޓާގައި ބީއެމްއެލްއަށް %35 ގެ ކުރިއެރުމެއް

މިއަދު އާންމު ކުރި ބޭންކް އޮފް މޯލްޑިވްސްގެ 2017 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ ހިސާބުތައް ދައްކާގޮތުން ކުރީ ކުއާޓަރ އަށްވުރެ %35 ކުރިއެރުމަކާއި އެކު އެ ބޭންކުން ވަނީ ހަރުދަނާ މާލީ ނަތީޖާތަކެއް ހޯދާފައެވެ.

އެގޮތުން ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ރަނގަޅު ކާމިޔާބުތަކެއް ހޯދައި އަދި ލޯނު ދޫކުރެވުނު މިންވަރު ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓި، ޓެކްސްއަށް ކެނޑުމަށްފަހު 247 މިލިއަން ރުފިޔާ ވަނީ ފައިދާގެ ގޮތުގައި ލިބިފަ އެވެ.

މި ކުއާޓަރގައި ބީއެމްއެލްއިން ވަނީ އަތޮޅުތެރޭގައި 3 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ހުޅުވާފައެވެ. އަދި މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސާވިސް ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފައެވެ. މިއަހަރު ނިމުމުގެ ކުރިން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް 150 ވަޒީފާ އުފެއްދުމަށް ބޭންކުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާނެކަމުގެ ޔަގީންކަންވެސް ވަނީ އެބޭންކުން ދީފަ އެވެ.

ހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ވޯލްޑް އެޗްއާރޑީ ކޮންފަރެންސް އަދި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓުން ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެ ބީއެމްއެލް ވަނީ މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި، “އޭޝިޔާސް ލީޑިންގ އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ވެސް ހޯދާފަ އެވެ.

މި އަހަރު 300 މިލިއަން ރުފިޔާ ދިވެހި މުޖުތަމައުތަކަށް އިންވެސްޓްކުރުމަށް ނިންމާފައިވީނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ރަނގަޅު ކާމިޔާބުތަކެއް ހޯދައި އަދި ލޯނު ދޫކުރެވުނު މިންވަރު ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓި، ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 247 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރ އަށްވުރެ %35 މަތީ އަދަދެކެވެ.

މި ކުއާޓަރގައި ބީއެމްއެލްއިން ވަނީ އަތޮޅުތެރޭގައި 3 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ހުޅުވާފައެވެ. އަދި މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސާވިސް ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފައެވެ. މިއަހަރު ނިމުމުގެ ކުރިން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް 150 ވަޒީފާ އުފެއްދުމަށް ބޭންކުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާނެކަމުގެ ޔަގީންކަން ވަނީ ލިބިފައެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ވޯލްޑް އެޗްއާރޑީ ކޮންފަރެންސް އަދި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓުން ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި، އެކަން ފާހަގަކޮށް “އޭޝިޔާސް ލީޑިންގ އެމްޕްލޯޔަރ ބްރޭންޑް އެވޯޑް” ދީފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 31 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 90 އޭޓީއެމް، 4600 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.