ޑރ. ޝާން އޭދަފުށީ މެޑިކަލް ސެންޓަރަށް

ޑރ. ޔޫސުފް ޝާން

ދިވެހިންގެ މެދުގައި މަގުބޫލު ކަށީގެ ބަލިތަކަށް ހާއްސަ ޑރ ޔޫސުފް ޝާންގެ ވަރަށް ހާއްސަ މެޑިކަލް ކޭމްޕެއް އޭދަފުށީ މެޑިކަލް ސެންޓަރުގައި ބާއްވަން ނިންމައިފި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނި ގޮތުގައި މި ކޭންޕް އޮންނާނީ ނޮވެމްބަރުމަހުގެ ދެވަނަ ހަފްތާ ތެރޭގައެވެ.

ޑރ ޝާން އަކީ ކަށީގެ ބޮޑެތި އޮޕަރޭޝަން ތަކާއި ކަށްޓަށް ދިމާވާ ތަފާތު މައްސަލަތަކަށް ފަރުވާދެއްވުމަށް ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ މޮޅު އެއް ޑޮކްޓަރެވެ. ޝާން ޝެޑިއުލްކޮށް ކޮންމެ އޭދަފުށީ މެޑިކަލް ސެންޓަރަށް ދަނީ ޒިޔާރަތް ކުރަމުންނެވެ. އެގޮތުން މިއީ އެ ސެންޓަރަށް ޝާން މިއަހަރު ޒިޔާރަތްކުރާ ތިންވަނަ ފަހަރެވެ.
އޭދަފުށީ މެޑިކަލް ސެންޓަރުން ބުނިގޮތުގައި ޑރ ޝާންގެ މެޑިކަލް ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ވީހާވެސް ގިނަ ބަޔަކަށް ހިދުމަތް ފޯރުކޮށް ދިނުމުގެ މަގްސަދުގަ އެވެ.

“އަތޮޅުތެރޭގެ ގިނަ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑރ ޝާން އަށް އެޕޮއިންޓްމެންޓް ހޯދުން. އެހެންވެ އެ މި ސެންޓަރުން މަސައްކަތްކުރަނީ އެ މައްސަލައަށް ލުޔެއް ހޯދައި ދިނުމަށް، އެގޮތުން ބާއްވާ ކޭންޕެއް މިއީވެސް،”

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނި ގޮތުގައި އެ ސެންޓަރުން މިފަދަ ކޭމްޕުތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން މާލެ ދިއުމަށްޓަކައި އުފުލާ ބުރަތަކާއި މާލޭގައި ސިއްހީ ޚިދުމަތްތައް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަތައް ނުކޮށް، އަމިއްލަ ރަށުގައިތިބެ، އެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މިއީ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް ބާއްވާ ކޭމްޕުތަކެއް ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ޑރ. ޝާން އަށް ދެއްކުމަށް ނަން ނޯޓް ކުރަން ގުޅަން ޖެހެނީ 9631111، 7523242 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.