ދިރާގު ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް އިތުރު ދެރަށަކަށް

ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން—-ފޮޓޯ: ދިރާގު

ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ އިތުރު ދެ ރަށަކަށް އެކުންފުނިން ތައާރަފް ކޮށްފި އެވެ.

ދިރާގުން ފައިބާ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ހުސްވި ހަފްތާގެ ތެރޭގައި އަލަށް ތައާރަފުކުރި އިތުރު ދެ ރަށަކީ އއ. ތޮއްޑޫ އާއި އދ. ދިގުރަށެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ޕެކޭޖްތަކުގެ ތެރޭގައި 100 އެމްބީޕީއެސް އާއި ހަމަޔަށް ސްޕީޑް ލިބޭ ޕެކޭޖް ހިމެނެއެވެ. އަދި ޑޭޓާ އެލަވަންސްގެ ގޮތުގައި އެއް ޓީބީގެ ޕެކޭޖްވެސް ހިމެނެއެވެ.

ދިރާގުން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަރި އަތޮޅުގެ ފަސް ރަށަކަށް ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ވަނީ ދޭން ފަށާފައެވެ. އަދި މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ދިރާގުން ވަނީ ވ. އަތޮޅުގެ ތިން ރަށަކަށްވެސް މިހިދުމަތް ތައާރަފުކޮށްފައެވެ.

ދިރާގުން ވަނީ އެކުންފުނީގެ ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ވެރިރަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭއަށްވެސް ދޭންފަށައިފައެވެ. އޭގެ އިތުރުން ކ. މާފުށި، ތުލުސްދޫ، ލ. ގަން، ބ. ދަރަވަންދޫ އަދި އިތުރު ރަށްތަކަކަށްވެސް އެ ހިދުމަތް ދިރާގުން ދަނީ ދެމުންނެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 28 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. މިގޮތުން އެ ކުންފުންޏާކީ ރާއްޖޭގައި މަސައްކަތްކުރަން އެންމެ ކަމުދާ އެއްކުންފުނި ކަމަށް އެތައް ސާވޭއަކުން ދައްކައެވެ. މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޮރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބަުން ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.