މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 210.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ކުންފުނިން އާއްމުކުރި މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކްއާޓާގައި އާމްދަނީގެ ގޮތުގައި 652 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ ކުއާޓަރަށްވުރެ ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖޭގައި އެންމެ ދާއިރާގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރަށް ވުރެ ތިން ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ އެއް ޕަސެންޓް އިތުރުވެފައިވެ އެވެ.
އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ކުންފުނީގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 453 މިލިއަން ރުފިޔާ ބަހާފައިވެ އެވެ.
ދިރާގުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 327 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ޓެކްސްގެ ގޮތުގައި 37.1 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.