ރައްޔިތުންގެ ކަންބޮޑުވުންތައް ހައުސިން މިނިސްޓަރާ ހިއްސާކުރައްވައިފި

ހައުސިން މިނިސްޓަރާ ތޮލާޅު އިއްޔެ ބައްދަލުކުރައްވަނީ

އޭދަފުށީގެ ތަރައްގީއަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ހުރި ރައްޔިތުންގެ ޝަކުވާތައް އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން، ހައުސިން މިނިސްޓަރު ޑރ. މުއިއްޒު އިބްރާހީމް އާ އިއްޔެ ހައްސާ ކުރައްވައިފި އެވެ.

ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީގައި އިއްްޔެ ހެނދުނު ބޭއްވި އެ ބައްދަލުކުރެއްވުމުގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވުނީ އޭދަފުށީގައި މިހާރު ކުރިއަށްދާ ތަރައްގީގެ ބައެއް ޕްރޮޖެކްޓުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުންނެވެ. އަދި ކުރިއަށް ފަށަން އިއުލާން ކޮށްފައިވާ ތަރައްގީގެ ޕްރޮޖެކްޓްތައް ލަސްވަމުންދާނީ އެކަންކަމާގުޅޭގޮތުން ވެސް މިނިސްޓަރާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް ތޮލާލު ވިދާޅުވި އެވެ.

“މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި މިނިސްޓަރާ މަޝްވަރާ ކުރެވުނީ އޭދަފުށީގައި މިހާރު ކުރިއަށްދާ މަގުހެދުމުގެ ޕްރޮޖެކްޓްގައި ހުރި ރައްޔިތުންގެ ޝަކުވާތަކާ ގުޅޭ ގޮތުން. އެގޮތުން ޕޭމަންޓް ފުޅާ ވުމުގެ ސަބަބުން މަގު ހަނިވާތީ އާއި ޕާކު ކުރުމުގެ މައްސަލަ ކުރިމަތިވާތީ އާއި ތާރު އެޅުމަށްފަހު ތާރު ނާޅާ ބައެއް މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ކުރި މަތިވާނެކަމަށް ފެންނާތީ ތާރު އަޅާ ބައެއް މަގުތައް އިތުރު ކުރެވޭތޯ ވެސް މަޝްވަރާ ކުރެވުނު،”

ބަނދަރު ސަރަހައްދުގައި ޕޭމަންޓް ގާ އަތުރަނީ. ބައެއް މަގުތަކުގެ ޕޭމަންޓް ފުޅާވުމުގެ ސަބަބުން މަގުތައްވަނީ ވަރަށް ބޮޑަށް ހަނިވެފައި

އަދި ތާރުނާޅާ މަގުތަކުގައި މި ޕްރޮކެޖްޓުގެ ތެރެއިން ފެން ހިންދާ ޖަންކްޝަންތަކެއް ހަދައި އެ ޖަންކްޝަންތައް މައި ލައިނާ ގުޅާލައިފިނަމަ ފެންބޮޑުވުން ކުޑަވާނެ ކަމަށް އެދުނުން. އަދި އިތުރު މަގުތަކެއްގައި ތާރުއެޅުމަށްވެސް މަޝްވަރާ ކުރެވުނު،”

މީގެ އިތުރުން ރަށުގެ ބަނދަރުގެ ދަތިކަމާ ގުޅޭގޮތުންނާއި ގެދޮރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާތީ އެކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާ މިނިސްޓަރާ މަޝްވަރާ ކުރެވުނު ކަމަށް ތޮލާލު ވިދާޅުވި އެވެ.

“މިނިސްޓަރުގެ ވާހަކަފުޅުން މަޝްވަރާކުރެވުނު ކަންތައް ތަކުގެ ތެރެއިން ބައެއް ކަންތައްތައް ފެނިގެން ދާނެ ކަމުގެ އުއްމީދު ވަރަށް އެބައޮތް،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.