ކެއާ ޓްރަސްޓް މަލްޓި ސްޕެސިއަލިޓީ ކްލިނިކުގެ ފަރާތުން އޭދަފުށީގައި މެޑިކަލް ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
ކެއާ ޓްރަސްޓް ކްލިނިކުން ބުނިގޮތުގައި މި ކޭމްޕް އޮންނާނީ މިމަހުގެ 13 ވަނަ ދުވަހު އޭދަފުށީ ފެންއާރު ގޭގަ އެވެ.
އެ ކޭމްޕްގައި ރާއްޖޭގެ މަޝްހޫރު ތިން ސްޕެސަލިސްޓަކު ފަރުވާ ދޭނެ އެވެ. އޭގެ ތެރޭގައި ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ހުސައިން ފައިސަލް އާއި ސްކޭން ޑޮކްޓަރު އިބްރާހިމް ރަޝީދުގެ އިތުރުން އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަހްމަދު އަޝްރަފް ހިމެނެ އެވެ.
މި ކޭމްޕްގައި ޑޮކްޓަރަށް ދައްކަން 3359002 ،7969001 އަދި 7897551 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ އެވެ.