ދިވެހި ކެބިން ކްރޫ އެކަޑަމީ (ޑީސީސީއޭ) އާއި ފޭލި ޖަމިއްޔާ ގުޅިގެން އޭދަފުށީގައި ކެބިން ކްރޫން ތަމްރީނު ކުރާ ކޯހެއް ފަށައިފި އެވެ.
ޑީސީސީން ބުނީ ކެބިން ކްރޫން ތަމްރީނު ކުރުމަށް އޭދަފުށީގައި ކުރިއަށް ގެންދާ ފުރަތަމަ ޓްރޭނިން ބުރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 14 ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ އަންހެން ކުދިންނާއި ފަސް ފިރިހެން ކުދިންނެވެ.
ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ ކެބިން ކްރޫން ތަމްރީން ކުރުމަށް ފޭލި ޖަމިއްޔާ އިން ޑީސީސީ އާއި ގުޅިގެން މިފަދަ ކޯހެއް އޭދަފުށީގައި ކުރިއަށްގެންދާކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.
ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ލެކްޗަރާއިންނެވެ.