ބ. ގޮއިފުޅަފެހެންދޫ ފަޅަށް މިދިޔަ މަހު ލެއްގި ބޮޑުމަސް ދެ ހަފްތާއެއްހާ ފަހުން މާކަނޑަށް ބޭރުކޮށްލައިފި އެވެ.
އެ ރަށާ ހައެއްކަ މޭލު ދުރަށް ލައްގާފައިވާ ބޮޑު މަސް ނައްތާލީ އެރަށު ކައުންސިލާއި އެރަށު ޖަމިއްޔާއާއި ރައްޔިތުން ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތުން މިދިޔަ ހޯމަ ދުވަހު އެވެ.
ގޮއިދޫން ވާހަކަ ދެއްކި މީހަކު ބުނީ އެމަސް ބޭރު ކުރުމުގައި ގޮއިދޫ ރައްޔިތުންނާއި ޖަމިއްޔާއާއި ކައުންސިލުން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތުން މާކަނޑަށް މިހާހު މަސް ފުން ކޮށްފައި ވާކަމަށާއި ގިނަ ދުވަސް ނެގީ މަސް ބޮޑު ކަމުން ކަމަށެވެ.