ކޮންމެ ގެ އަކަށް 5 ލެޑް ބޮކި ބަހަން ފަށައިފި

އޭދަފުށީ ގޭގެ އަށް މިއަދު ލެޑް ބޮކި ބެހުމުގެ މަސައްކަތް ކުރަނީ: ފޮޓޯ/ފެނަކަ

ތިމާވެއްޓާ ރައްޓެހި ހަކަތަ އަށް ބަދަލުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ޗައިނާ އިން ރާއްޖެ އަށް ހަދިޔާ ކުރި ލެޑް ލައިޓް އޭދަފުށީ ގޭގެ އަށް މިއަދު ބަހަން ފަށައިފި އެވެ.

އޭދަފުށީ އިންޖީނު ގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޮކިތައް މިރަށު ގޭގެ އަށް ބަހަން ފައްޓަވައިދެއްވީ އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން އެވެ.

އޭދަފުށީ ގޭގެ އަށް މިއަދު ލެޑް ބޮކި ބަހަން ބޭއްވުި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/އަސްރަގު

ޗައިނާ އިން ހަދިޔާކުރި މި ބޮކިތައް ބަހަން ހަމަޖައްސާފައިިވަނީ ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިރަށުގައި ވަކިން ކަރަންޓް މީޓަރު ލާފައިވާ ކޮންމެ ގޭ ބިސީ އަކަށް 5 ލެޑް ލައިޓް (7 ވޯޓްގެ) މިއަދުން ފެށިގެން ބަހަން ވަނީ ފަށައިފަ އެވެ. އަދި މި އަތޮޅުގެ ރަށްރަށަށް ވެސް ލެޑް ބޮކިތައް ފޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭދަފުށީ އިންޖީނުގެއިން ބުންޏެވެ.

އޭދަފުށީ ގޭގެ އަށް މިއަދު ލެޑް ބޮކި ބެހުމުގެ މަސައްކަތް ކުރަނީ: ފޮޓޯ/ފެނަކަ

“ފަހިއަލި” ޕްރޮގްރާމުގެ ދަށުން ރާއްޖެ އަށް ޗައިނާ އިން މިދިޔަ މަހު 262،500 ލެޑް ބޮކި ވަނީ ހަދިޔާކޮށްފަ އެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ބުނި ގޮތުގައި އެ ބޮކިތައް ބޭނުންކުރަން ފެށުމުން ކަރަންޓަށް ކުރާ ހޭދަ އިން 1.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. ލެޑް ބޮކިތައް ބޭނުންކުރަނީ ކަރަންޓަށް ސަރުކާރުން ކުރާ ހޭދަ ކުޑަކުރުމަށް ކަމަށެވެ.

ފެހި އަލި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރަށްރަށުގެ ބަނދަރުގައި ލެޑް ބައްތި ޖަހައި މާލޭގެ ގެތަކަށް ވަނީ ބޮކި ބަހައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.