ކުޑަކުދިންގެ ޕާކު ނިމުމަކާ ގާތަށް

ދެކުނު ފަރާތުގައި ތަރައްގީކުރާ ޕާކު ނިންމުމުގެ މަސައްކަތް ކުރަނީ- ފޮޓޯ:ތޯރިގް/އީޓީ

އަމިއްލަ ބަޔަކު އިސް ނަގައިގެން ހިލޭ ސާބަހަށް އޭދަފުށީ ދެނުކު ފަރާތު ހިއްކި ބިމުގައި ތަރައްގީ ކުރާ ކުޑަކުދިންގެ ޕާކުގެ ބޮޑު ބައެއް ގާތްގަޑަކަށް ނިމިއްޖެ އެވެ.

ޕާކު ހެދުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ މީހަކު ބުނިގޮތުގައި ޕާކުގެ މައިގަނޑު ހުރިހާ މަސައްކަތެއްހެން ނިމިފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން ޕާކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭވަރުވާނެ ކަމަށެވެ.

ދެކުނު ފަރާތުގައި ތަރައްގީކުރާ ޕާކު ނިންމުމުގެ މަސައްކަތް ކުރަނީ- ފޮޓޯ:ތޯރިގް/އީޓީ

“މިހާރު ކުރިއަށް އެދަނީ ޕާކުގައި ބަހައްޓާ ތަކެތި އިންސްޓޯލު ކުރުމުގެ މަސައްކަތް. އުއްމީދު ކުރަނީ މި މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލައި އަންނަ މަހުގެ ކުރީކޮޅު ތަން ހުޅުވަން،”

ކުޑަ ކުދިންނަށް ހާއްސަކޮށްގެން ހަދާ މިޕާކު ތަރައްގީ ކުރަނީ ބޮޑެތި މީހުންނަށް ހާއްސަ އައުޓް ޑޯ ޖިމެއްވެސް ހިމެނޭ ގޮތަށެވެ.

ދެކުނު ފަރާތުގައި ތަރައްގީކުރާ ޕާކު ނިންމުމުގެ މަސައްކަތް ކުރަނީ- ފޮޓޯ:ތޯރިގް/އީޓީ
ދެކުނު ފަރާތުގައި ތަރައްގީކުރާ ޕާކު ނިންމުމުގެ މަސައްކަތް ކުރަނީ- ފޮޓޯ:ތޯރިގް/އީޓީ

އަމިއްލަ ފަރާތަކުން އޭދަފުށީ ހިއްކި ބިމުގައި ޕާކެއް ތަރައްގީ ކުރަމުން އަންނައިރު، މިރަށު އުތުރުފަރާތު ދިގަލިގޭ ކުރިމަތީގައިވެސް އަންނަނީ ޕާކެއް ތަރައްގީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.