އައިލެންޑާސް އާ ގުޅިގެން ބަހިއްޔާ ހިންގަން ނިންމީ ގާނޫނާ ޚިލާފަށް: އޭސީސީ

ފްރެންޗައިޒް އުސޫލުން ބަހިއްޔާ ޕްރީ ސްކޫލު ހިންގުމަށް އައިލެންޑާސް އެޑިއުކޭޝަނާ ހަވާލުކުރަން އޭދަފުށީ ކައުންސިލުން ނިންމާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށައެޅި މި މައްސަލަ ބެލުމަށްފަހު މިދިޔަ ހަފްތާގައި އޭދަފުށީ ކައުންސިލަށް އެ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ އިޤްރާ އިންޓަނޭޝަނަލް ސްކޫލްއާ ގުޅިގެން އޭދަފުށީ ކައުންސިލުން ބަހިއްޔާ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް އެއްބަސްވެފައިވަނީ، މާލިއްޔަތު ގާނޫނުގައި ބަޔާން ކޮށްފައިވާ އިޖްރާއަތްތަކާ ޚިލާފަށްކަމަށެވެ.

އަދި މިކަން ހިނގާފައިވަނީ ހުޅުވާލެވިފައިވާ ބިޑިންއަކަށް ނުގޮސްކަމަށާ، މާލިއްޔަތު ގާނޫނުގެ ދަށުން ބަހިއްޔާ އިންޓަނޭޝަނަލް ކުރުމަށް އަލުން ބީލަމަށް ލާންޖެހޭނެކަމަށް ވެސް އޭސީސީން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ބަހިއްޔާ ، އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށް އިޤްރާ އިންޓަރނޭޝަނަލް ސްކޫލް ހިންގަމުން އަންނަ އައިލެންޑާސް މޯލްޑިވްސް އާއި ކައުންސިލް ގުޅިގެން އެސްކޫލް ހިންގުމަށް އޭދަފުށީ ކައުންސިލުން ފާސްކުރީ މިއަހަރުގެ މާރޗް 1 ވަނަ ދުވަހުއެވެ.

މިދިޔަ ކައުންސިލުން ކުރިން ބުނީ ބަހިއްޔާ ޕްރީސްކޫލް ހިންގަން އެއްވެސް ބަޔަކާ ހަވާލުނުކުރާ ކަމަށާއި ކައުންސިލުން ހަމައެކަނި ކުރާކަމަކީ އައިލެންޑާސް އެޑިޔުކޭޝަނާ ގުޅިގެން އިޤްރާގެ ކަރިކިއުލަމް ބަހިއްޔާ ޕްރީ ސްކޫލުގައި ކިޔަވައިދެނީ ކަމަށެވެ

މި އެއްބަސްވުމުގެ ދަށުން “އިގްރާ” ގެ ކަރިކިއުލަމަށް ކޮންމެ މަހަކުވެސް 9000 ރުފިޔާ ކައުންސިލުން ދައްކަން ޖެހެއެވެ. މިހެންވެއްޖެނަމަ ކައުންސިލުން ކޮންމެ މަހަކުވެސް ބޮޑު ހަރަދެއް ކުރަން ޖެހޭނެ އެވެ.

ވޭތުވެދިޔަ ހަ މަސްދުވަހު ކައުންސިލްގެ ހަރަދު ތަފްސީލުތަކުން ދައްކާ ގޮތުގައި އިގްރާ އިންޓަނޭޝަނަލް ރެޖިސްޓްރޭޝަން ފީއަށް އެކަނިވެސް ކައުންސިލުން 11،510 ރުފިޔާ ވަނީ ދައްކައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.