އަންހެނުންގެ ދާއިރާއިން ގައުމީ އިނާމު ރާބިއާ އަށް

ރައީސް ޔާމީން، ހިތްވަރުދިނުމުގެ ގައުމީ އިނާމް ރާބިއާ މުހައްމަދު އާ ހަވާލު ކުރައްވަނީ. – ފޮޓޯ: ރައީސް އޮފީސް

ބ. މާޅޮސް ފެންފިޔާޒުގެ ރާބިއާ ހުސައިން އަށް އަންހެނުންގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފި އެވެ.

ދިވެހި ދައުލަތުގެ ފަރާތުން ރާބިއާ އަށް މި ޝަރަފު އެރުވީ ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނެވެ. މި ހަފުލާގައި ވަނީ އެކި ރޮނގުތަކުން ހިތްވަރުދިނުމުގެ ގޮތުން 24 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވައިފަ އެވެ.

ބ. އަތޮޅުގައި ވިޔަފާރީގެ ދާއިރާގައި އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އާދަޔާ ޚިލާފު ހިތްވަރުގަދަ ރާބިއާ ފުރަތަމަ މަސައްކަތް ފެއްޓެވީ އާއްމު ކާބޯތަކެތީގެ ވިޔަފާރިންނެވެ. އެ ވިޔަފާރީގައި ދިމާވި އެތައް ގޮންޖެހުންތަކެއް ހުރަސްކޮށް މިއަދު އޭނާ ވަނީ އަންހެން ބޭފުޅުން އާއްމުކޮށް ނުކުރައްވާ ވިޔަވާރިއެއް ފައްޓަވާފައެވެ.

އެގޮތުން ބެންކޮކަށާއި މެލޭޝިޔާއަށް އަމިއްލަފުޅަށް ދަތުރުކުރައްވައި ގެދޮރު ހެދުމަށް ބޭނުންވާ ސަމާނާއި ތަށިމުއްޓާއި ދޮރާއި ދޮރުފަތާއި އަދި ބެޑްރޫމް ސެޓާއި ފްލައިވްޑާއި ޓިނު ފަދަ ގެދޮރު ހެދުމަށް ބޭނުންވާ ސާމާނު ގެންނަވައިގެން ވިޔަފާރި ފުޅާކުރައްވާފަ އެވެ. އަދި މިހާރު ލަކުނޑި ވިއްކުމުގެ މަސައްކަތްވެސް އޭނާ ދަނީ ކުރައްވަމުންނެވެ

މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެ ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ވަނީ ދެއްވާފަ އެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު 23 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ދީފައިވެ އެވެ. އެގޮތުން މަތީ ދަރަޖަ ހާސިލުކުރައްވައިގެން އޭދަފުީ ބ. އަތޮޅުގެ ތިން ބޭފުޅަކު

ހާއްސަ އިނާމު ހާސިލުކުރެއްވި އިރު، ކީރިތި ގުރްއާން ހިތުދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހާސިލު ކޮށްގެން އޭދަފުށި ޖަންބުމާގެ އަލްހާފިޒު މުހައްމަދު މުސްތަފާ ވަނީ ރައީސްގެ ހާއްސަ މެޑަލް ހާސިލުކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.